ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ކުށްތައް އިތުރުވަނީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން: ޔާމީން
ޚަބަރު

ކުށްތައް އިތުރުވަނީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން: ޔާމީން

މމުހައްމަދު އަލީ24 ސެޕްޓެމްބަރު 2024
ރާއްޖޭގައި ޓެކުމާއި ފޭރުމާއި ކުށްތައް އިތުރުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ އަމިއްލަ ޕާޓީ ޕީއެންއެފްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ރޭ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުގެ ސަބަބުން މަތިވަމުންދާ ކުލިތަކާއި އެހެނިހެން ބިލްތައް ދެއްކުމަށް ރައްޔިތުންނަށް ދަތިވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ތަކެތީގެ އަގު ދެގުނައަށް ބޮޑުވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ބައެއް ފިހާރަތައް ހުސްތޮށިގަނޑަކަށް ވެއްޖެ ކަމަށެވެ. މެދުފަންތީގެ ބައެއް ފިޔާރަތައް ބަންދުކުރަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި ތަކެތީގެ އަގު މައްޗަށްދާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. "މިއީ މުޖުތަމައުގައި ހިގަން ބޭނުންވާ ކަންތައްތަކެއްނޫން، ނަމަވެސް މީހުންނަށް ދަތިވެ ފޭރުމާއި ޓެކުން އިތުރުވެ، ކުއްތައް އިތުރުވެގެން އެބަދޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު