ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މިމަހު ޖަލުގައި ދެމަރު: މިއީ އިހުމާލުވުން ކަމަށް އެމްޑީޕީން ބުނެފި
ޚަބަރު

މިމަހު ޖަލުގައި ދެމަރު: މިއީ އިހުމާލުވުން ކަމަށް އެމްޑީޕީން ބުނެފި

މމުހައްމަދު އަލީ24 ސެޕްޓެމްބަރު 2024
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ފަސްދޮޅަސް ދެ އަހަރުގެ ދިވެހި ފިރިހެނަކު މާފުށީ ޖަލުގައި މިއަދު ދަންޖެހިގެން މަރުވުމުން އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުނެފިއެވެ. އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއީ މި ހިނގާ ސެޕްޓެމްބަރު މަހު ހިނގި މިފަދަ ދެވަނަ ހާދިސާ ކަމަށެވެ. "މިކަން ހިނގައިފައި މިވަނީ، މި ސެޕްޓެންބަރު މަހުގެ ކުރީކޮޅު މާލޭގައި އަންހެނަކު ރަހީނުކުރި އާދަމް އަތުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ހުއްޓައި އޭނާ އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރުމުން، މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވި މައްސަލައިގައި އާއްމު ރައްޔިތުންނާއި މި ޕާޓީން ނުހަނު ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގުމަށާއި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް ގޮވައިލައިފައި ވަނިކޮށް ކަމުގައިވީ ހިނދު، އަނެއްކާވެސް މިފަދަ ހާދިސާއެއް ހިނގުމަކީ މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ." އެ ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި މިގޮތަށް ބަންދުގައި ތިބޭ މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ގާނޫނީގޮތުން ސަރުކާރަށް ލާޒިމްކަމެއް ކަމަށެވެ. "ދާދިފަހުން މި ބާވަތުގެ އެހެން ހާދިސާއެއް ހިނގައިފައި ވާއިރު، މި ގައިދީ ޖަލު ގޮޅީގައި ހަރަކާތްތެރިވަމުންދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް މި ޕާޓީއަށް ގަބޫލު ކުރެވެއެވެ." އެމްޑީޕީން ބުނެފައިވެއެވެ. މިމަހު މިފަދަ ދެ ހާދިސާއެއް ޖަލުގައި ހިނގުމަކީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އޮތް ކަމަށް ބެލުމުގެ ޖާގަ އޮތްކަމެއް ކަމަށް އެޕާޓީން ބުނެފައިވެއެވެ. އެހެންކަމުގައި މިއަދުގެ ހާދިސާގެ ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް އެމްޑީޕީން ވަނީ މުއައްސަސާތަކަށް ގޮވާލައިފައެވެ. އަދި އެގޮތަށްކުރާ ތަހުގީގުގެ ހޯދުންތަކަށް ބެލުމަށްފަހު މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް އެމްޑީޕީން ވަނީ ދައުލަތުގެ އިދާރާތަކަށް ގޮވާލައިފައެވެ. ޖަލުގައި މިއަދު ނިޔާވި މީހާގެ އާއިލާއަށް އެމްޑީޕީން ވަނީ ތައުޒިޔާ ފޮނުވައިފައެވެ.

ގުޅުންހުރި ޚަބަރު