ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓު އާދަމް އާޒިމަށް
ޚަބަރު

މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓު އާދަމް އާޒިމަށް

މމުހައްމަދު އަލީ17 ޖެނުއަރީ 2026
އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މާލޭސިޓީގެ މޭޔަރަކަށް ކުރިމަތިލާނޭ ބޭފުޅަކު ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީ އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ. އޭނާ ޕްރައިމަރީ ކާމިޔާބު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމާ ވާދަކޮށްގެންނެވެ. އާދަމް ޕްރައިމަރީ ކާމިޔާބު ކުރެއްވުމުން ރައީސް ނަޝީދާއި، ރައީސް ސާލިހު ވަނީ އާދަމް އާޒިމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އޭނާއާ ވާދކުރެއްވި އަލީ އާޒިމް ވެސް ވަނީ ފޮނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފައެވެ. މޭޔަރު ކަމުގެ ގޮނޑި އާދަމް އާޒިމަށް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނޭ ކަމަށް އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ. އާދަމް މި ޕްރައިމަރީ ކާމިޔާބު ކުރެއްވީ 1411 ވޯޓު ހޯއްދަވައިގެންނެވެ. އަލީ އަށް ލިބި ވަޑައިގެންނެވީ 962 ވޯޓެވެ. ވޯޓުލާން ނުކުތީ 2436 މީހުންނެވެ. ބާތިލް ވޯޓުގެ އަދަދަކީ 63 އެވެ.

ގުޅުންހުރި ޚަބަރު