ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ރާއްޖެއާއި ރަޝިޔާގެ އަސްކަރީ މަޝްވަރާތައް
ޚަބަރު

ރާއްޖެއާއި ރަޝިޔާގެ އަސްކަރީ މަޝްވަރާތައް

އއިބްރާހީމްް ސަމީރު23 ޖެނުއަރީ 2026
ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެވަން ޖަގާރިއަން، ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ސަފީރު މިހާރު މާލެއަށް ކުރައްވަމުން ގެންދަވާ މަސައްކަތު ދަތުރުފުޅުގެ ތެރެއިން  ބުރާސްފަތި ދުވަހުއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް އަސްކަރީ އަދި ސަލާމަތީ އެއްބާރުލުމާ ގުޅޭގޮތުންނާއި، ދެ ޤައުމުގެ ދިފާޢީ އިދާރާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ އެކުވެރި އަދި ބިނާކުރަނިވި މާޙައުލެއްގައެވެ. ރަޝިޔާގެ ޑިޕްލޮމެޓިކް މިޝަނުން ހާމަކުރި ގޮތުގައި، ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް މޮސްކޯއާއި މާލެއިން ބޭނުންވާ މުހިންމު ކަމެކެވެ. މިއީ ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަމެއްގެ ގޮތުގައި އެ މިޝަނުން ފާހަގަކުރެއެވެ. މި މަޝްވަރާތަކަކީ އެކި ދާއިރާތަކުން ރަޝިޔާއާއި ރާއްޖޭގެ ގުޅުން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ. ފަހަކަށް އައިސް އިންސާނީ އެހީތެރިކަމާއި، އިޤްތިޞާދީ އަދި ސަލާމަތީ ދާއިރާއިން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން ވަނީ ވަރުގަދަވެފައެވެ. ސަރަޙައްދީ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށާއި ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ރަޝިޔާއިން ތައްޔާރަށް އޮތްކަން މި ބައްދަލުވުމުގައި ވަނީ ތަކުރާރުކޮށްފައެވެ. ސްރީލަންކާގައި ހުންނަ ރަޝިޔާ އެމްބަސީން އަންނަނީ ދެ ޤައުމުގެ ވެރިންގެ އިރުޝާދުގެ ދަށުން ދެފަރާތުގެ ގުޅުން ބަދަހިކުރުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު