ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ކިމްސް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއެކު މާލޭގައި ކްލިނިކެއް ހުޅުވަނީ
ޚަބަރު

ކިމްސް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއެކު މާލޭގައި ކްލިނިކެއް ހުޅުވަނީ

މމުހައްމަދު އަލީ25 ސެޕްޓެމްބަރު 2024
އިންޑިއާގެ ކިމްސް ހޮސްޕިޓަލާއި ރާއްޖޭގެ "ކެއަރ ވަން އެންޑް ޑެންޓަލް ކްލިނިކް" ގުޅިގެން މާލޭގައި ކުލިނިކެއް ހުޅުވަން ތައްޔާރުވެއްޖެއެވެ. ހެންވޭރުގައި ހުޅުވާ މި ކްލިނިކްގެ ޚިދުމަތް ނޮވެމްބަރ ފުރަތަމަ ހަފްތާތެރޭގައި ފަށާނޭ ކަމަށް ކައަރ ވަން އެންޑް ޑެންޓަލް ކްލިނިކްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދު ވިދާޅުވިއެވެ. އަޙުމަދު ސައުދު ވިދާޅުވީ މި ކްލިނިކުން ދެއްވާ ޚިދުމަތްތަކުގެ އަގުތައް ހުންނާނީ އަތްފޯރާފަށުގައި ކަމަށެވެ. މަސައްކަތްކުރާނީ ދެވެން އޮތް އެންމެ ކުޑައަގަކަށް ރަނގަޅު ޚިދުމަތެއް ދެވޭތޯ ކަމަށް އޭނާ ވިދާޅުވިއެވެ. ޑޮކްޓަރަށް ދެއްކުމާއި އެހެނިހެން ޚިދުމަތްތައް ހޯދުމުގެ އިންތިޒާމު ވީހާވެސް ލުއިފަސޭހަކޮށް ހަމަޖައްސައި ދޭނޭކަމަށް ވެސް ވިދާޅުވިއެވެ. ސިއްހީ ބައެއް ޚިދުމަތްތައް ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ދިވެހީން މިހާރުވެސް ބޮޑު ޚަރަދެއް ކުރެއެވެ. އެހެންނަމަވެސް މަގުސަދަކީ މި ކްލިނިކުގެ ސަބަބުން އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރަށް ދާ ދިއުންމަށް ވެސް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އަޙްމަދު ސައުދު ވިދާޅުވީ ރާއްޖެއިން ބޭރުން ބޮޑެތި އޮޕަރޭޝަން ކޮންގެން އަންނަ މީހުން އަލުން ދައްކަންދާން ޖެހޭޖެހުމަށްވެސް މިކްލިނިކްގެ ސަބަބުން ނިމުމަކަށް އަންނާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މި ކްލިނިކުގައި ވެސް ބަލާނީ ކިމްސް ހޮސްޕިޓަލުގައި ވެސް ބަލާ ޑޮކްޓަރުންނެވެ. އޭގެ ތެރޭގައި ސެޕެޝަލިސްޓުންނާއި، ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ހިމެނެއެވެ. އެންމެ މުހިންމު އެއްކަމަކީ ރާއްޖެއިން ލިބުން އުނދަގޫ ބައެއް ބޭސްތައް ވެސް މި ކްލިނިކުން ލިބުމެވެ. އޭގެ ތެރޭގައި ތަފާތު އޮޕަރޭޝަންތަކާ ބެހޭ ބޭސްތަކާއި، ނާރުގެ ބަލިތަކާބެހޭ ބޭސްތަކާއި، ކުޑަކުދިންނަށް ޚާއްސަ ބޭސްތައް ވެސް ލިބޭނެއެވެ. މި ކްލިނިކުގައި ކުޑަކުދީންގެ ޑޮކްޓަރުންނާއި، އަންހެނުންގެ ބަލިތަކާ ބެހޭ ޚާއްސަ ޑޮކްޓަރުންނާއި، ނާރުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމާއި ކިޑްނީ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި ހިތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ހިމެނެއެވެ. ސައުދު ވިދާޅުވީ ސްޕެޝަލިސްޓް ޑޮކްޓަރުން އަބަދުވެސް ކުލިނިކުގައި ތިބޭނޭ ކަމަށެވެ. ސައުދު ވިދާޅުވީ ކްލިކް ފަށައިގަންއިރުވެސް އާންމުކޮށް ހަދަންޖެހޭ ލެބް ޓެސްޓްތައް އެތަނުން ހެދޭނޭ ކަމަށެވެ. ކުރިއަށްއޮތް ތަނުގައި އެޑުވާންސް ޓެސްޓުތައް ވެސް ހެދޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ކިމްސް ހޮސްޕިޓަލަކީ ވަރަށްގިނަ ދިވެހީން ޚިދުމަތް ހޯދަމުންގެންދާ މަޝްހޫރު ހޮސްޕިޓަލެކެވެ.  

ގުޅުންހުރި ޚަބަރު