ޚަބަރު
އިދިކޮޅު ޕާޓީތަކުން ވަކިން ވާދަކުރުމަކީ ރައްޔިތުންނަށް ދެވޭ ގެއްލުމެއް: ސައްޕެ
ކުރިއަށްއޮތް ލޯކަލް ކައުންސިލުން އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން ވަކިން ވާދަކުރުމަކީ ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށް އެމްޑީޕީގެ ފައުންޑިން މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. އެކްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ މިސާލަކަށް ނަންގަވާފައިވަނީ ދަ ޑިމޮކްރެޓުސް އެވެ.
https://twitter.com/meemu_sapppe/status/2015412428054679944
"ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅުގައި ތިބި ޕާޓީތަކުން (ދަ ޑިމޮކްރެޓްސް ފަދަ) ކައުންސިލް އިންތިޚާބުގައި ވަކީން ވާދަ ކުރުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި އިތުރަށް ގައުމާއި ރައްޔިތުންނަށް ދެވޭ ބޮޑުގެއްލުމެއް،" އޭނާ ވިދާޅުވެފައިވެއެވެ. މިއީ އިދިކޮޅޫ ޕާޓީތައް ގުޅިގެން މިސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަންޖެހޭ ވަގުތު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެފަދަ އެންމެން ނިކުމެ ގައުމާއި ރައްޔިތުން ސަލާމަތް ކޮށްދޭން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.