ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ދަނޑުވެރިކަމާބެހޭ ގައުމީ ލެބޯޓެރީ ފުވައްމުލަކުގައި ގާއިމް ކޮށްފި
ޚަބަރު

ދަނޑުވެރިކަމާބެހޭ ގައުމީ ލެބޯޓެރީ ފުވައްމުލަކުގައި ގާއިމް ކޮށްފި

މމުހައްމަދު އަލީ29 ޖެނުއަރީ 2026
ދަނޑުވެރިކަމާބެހޭ ގައުމީ ލެބޯޓަރީ ފުވައްމުލައް ސިޓީގައި ގައިމްކޮށް ރަސްމީކޮށް ހުޅުވައިފިއެވެ. ލެބޯޓަރީ ހުޅުވައި ދެއްވީ ވަޒީރު ޑރ. މަރިޔަމް މަރިޔާ އެވެ. ލެބޯޓަރީ ޚާއްޞަކުރެވިފައިވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ގައުމީ ފެންވަރުގައި ހިންގާ ދިރާސާތަކާއި، ބަލި ދެނެގަތުމުގެ ވަސީލަތްތަކާއި، ހާއްސަ ލެބޯޓަރީގެ އިންފްރާސްޓްރަކްޗާގެ މަދުކަމުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މިކަމުގެ ސަބަބުން ދަނޑުތަކުގެ އުފެއްދުންތެރިކަމާއި، ބަލިތަކާއި ފަނިފަކުސާ ކޮންޓްރޯލް ކުރުމުގެ އިތުރުން ގައުމީ ބަޔޯސެކިއުރިޓީ ވަރުގަދަކޮށްދޭނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީން ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިންގެ އިތުރުން، ދިރާސާކުރާ ފަރާތްތަކާއި، އެކްސްޓެންޝަން އޮފިސަރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތައް ވެސް ހިމެނޭ ގޮތަށް ކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި، މޫސުމަށް ހޭނޭ، އަދި ރައްކާތެރި ދަނޑުވެރިކަން ކުރިއެރުވުމުގައި ލެބޯޓަރީން މުހިންމު ދައުރެއް އަދާކުރާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި ލެބޯޓަރީ ގާއިމުކުރެވިފައިވަނީ ޔޫއެންޑީޕީގެ ޕްރޮޖެކްޓް ފޯ ޑިވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ (ޕީ.ޑީ.އެސް.އޭ.އީ) ގެ ދަށުންނެވެ. މި މަސައްކަތަށް ޖަޕާން ސަރުކާރުގެ އެހީތެރިކަން ވަނީ ލިބިފައެވެ. މި ޕްރޮޖެކްޓް ތަންފީޒުކުރެވިފައިވަނީ ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއާ ގުޅިގެންނެވެ. އަދި މީގެ އިތުރުން ވޯލްޑް ބޭންކާއި އިފާޑް ގެ އެހީތެރިކަން ފާހަގަކޮށް އެ ވުޒާރާއިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.  

ގުޅުންހުރި ޚަބަރު