ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ދަރަނިން ކޮރަޕްޝަން ހިންގީ ޕާޓީތަކުން: އުމަރު
ޚަބަރު

ދަރަނިން ކޮރަޕްޝަން ހިންގީ ޕާޓީތަކުން: އުމަރު

މމުހައްމަދު އަލީ2 ފެބްރުއަރީ 2026
  ސިޔާސީ ހުރިހާ ޕާޓީއެއް ގުޅިގެން ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުރުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ގޮވައިލެއްވުމުން އުމަރު ނަސީރު އެއަށް ރައްދު ދެއްވައިފިއެވެ. ރާއްޖޭގެ ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު އެކްސްގައި ވިދާޅުވެފައިވަނީ ދަރަނި އަދާކުރުމަށް މަޝްވަރާއަށް ގޮވާލައްވާއިރު، ދަރަނިތައް އުފެއްދީވެސް ސިޔާސީ ޕާޓީތަކުން ކަމަށެވެ. ދުވަހަކަށްވުރެ ދުވަހެއް ވެރިކަމުގެ ދައުރަކަށްފަހު ދައުރެއް ދަރަނިބޮޑުވަމުންދާތީ ބައިނަލް އަގުވާމީ ފަރާތްތަކުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ރާއްޖެ މިހާރުވަނީ ދަރަނީގެ ދަންތުރައެއްގައި ޖެހިފައި ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި އުމަރު ވިދާޅުވެފައިވަނީ "މިދަރަނި އުފެއްދީވެސް މިޕާޓީތަކުން. މިދަރަނިން އިސްރާފު ކުރީވެސް މިޕާޓީތަކުން. މި ދަރަނިން ކޮރަޕްޝަން ހިންގީވެސް މި ޕާޓިތަކުން،" ކަމަށެވެ.  

ގުޅުންހުރި ޚަބަރު