ދިވެހި|English 9 ޖުލައި 2026 · 05:10
Top banner
Advertisement
ރައީސް ވަހީދަށް ދޭ ޕެންޝަން؟
ޚަބަރު

ރައީސް ވަހީދަށް ދޭ ޕެންޝަން؟

އއިބްރާހީމްް ސަމީރު4 ފެބްރުއަރީ 2026
ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެމަނިކުފާނަށް ދައުލަތުން ދޭ އިނާޔަތްތަކާއި ޕެންޝަނާ މެދު އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. މި ސުވާލުތައް އުފެދެން މެދުވެރިވި މައިގަނޑު ސަބަބަކީ، އެމެރިކާގެ ނުފޫޒުގަދަ އަދި އަބުރުގެއްލިފައިވާ ވިޔަފާރިވެރިޔާ ޖެފްރީ އެޕްސްޓީންއާ އެމަނިކުފާނާ ދެމެދު އޮތް ގާތް ގުޅުން ބޭޒާރުވުމެވެ. އެމެރިކާގެ ހައުސް އޯވަސައިޓް ކޮމިޓީން އާންމުކުރި 20،000 އަށްވުރެ ގިނަ ފައިލްތަކުން ހާމަވާގޮތުގައި، ޑރ. ވަހީދު ނައިބު ރައީސްކަމާއި ރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރުގެ އިތުރުން، މަގާމުން ވަކިވެވަޑައިގަތުމަށްފަހުވެސް އެޕްސްޓީންއާ އެކު އީމެއިލް އަދި އެސްއެމްއެސް މެދުވެރިކޮށް މުއާމަލާތް ކުރައްވާފައިވެއެވެ. ދައުލަތުގެ ލިޔންތައްވެސް އެޕްޓީނާ ހިއްސާ ކުރެއްވިއެވެ. މި ގުޅުން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގޮސްފައިވާކަން ލިޔެކިޔުންތަކުން އެނގެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ސިޔާސީ އަދި މާލީ ކަންކަމުގައި އެޕްސްޓީންގެ ލަފާ ހޯއްދަވާފައިވާކަން ފާހަގަކުރެވެއެވެ. ކުރީގެ ރައީސަކު ބޭރުގެ ނުފޫޒުގަދަ ފަރާތަކާ މިފަދަ ގާތް ގުޅުމެއް ބޭއްވުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ހާއްސަކޮށް، ރާއްޖޭގެ ރަށެއް ތަރައްގީ ކުރުމުގެ ފީޒިބިލިޓީ ރިޕޯޓާއި، ދައުލަތުގެ މާލީ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަކީ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ. ރައީސްކަން ކުރެއްވި ބޭފުޅުންނަށް އިނާޔަތް ދެނީ އެބޭފުޅުން ގައުމަށް ކޮށްދެއްވި ޚިދުމަތާއި، މަގާމުގެ ގަދަރާއި ހައިބަތު ހިފެހެއްޓުމުގެ މައްޗަށް ބިނާކޮށެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނުގައިވާ ގޮތުން، ރައީސްކަން ކުރެއްވި ބޭފުޅަކަށް އިނާޔަތްތައް ލިބިވަޑައިގަންނަވާނީ އެބޭފުޅަކު މަގާމުން ވަކިވީ ގާނޫނާ ޚިލާފު އަމަލެއް ސާބިތުވެގެން ކަމަށް ނުވާނަމައެވެ. ނަމަވެސް، މަގާމުން ވަކިވުމަށްފަހު ހިންގާ އަމަލުތަކުގެ ސަބަބުން އިނާޔަތް ކަނޑާލެވޭނެ ސަރީހަ މާއްދާއެއް މިހާރުގެ ގާނޫނުގައި އޮތްތޯ ނުވަތަ އޮންނަން ވޭތޯ މިއީ ބަހުސް ކުރަންޖެހޭ ކަމެކެވެ. ޑރ. ވަހީދުގެ މައްޗަށް ކުރެވޭ މި ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެކެވެ. ގައުމުގެ އެންމެ މަތީ މަގާމު ފުރުއްވާފައިވާ ބޭފުޅަކު، ބައިނަލްއަގުވާމީ ފެންވަރުގައި ކުށްވެރިވެފައިވާ ފަރާތަކާ ގުޅުން މިފަދަ ގޮތަކަށް ބޭއްވުމަކީ ދައުލަތުގެ އަބުރަށް ލިބޭ އުނިކަމެކެވެ. އެހެންކަމުން، މި މައްސަލަ ރަސްމީކޮށް ތަހުގީގުކޮށް، އެމަނިކުފާނަށް ދައުލަތުން ދެމުންދާ އިނާޔަތްތަކާއި ޕެންޝަން ކުރިއަށް ގެންދިއުމާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަކީ މިއަދު ރައްޔިތުން އެދޭ ކަމެކެވެ. މިހާރު ރައީސް ވަހީދުވަނީ މިކަމާމެދު ބަޔާނެއް ނެރުއެްވާފައެވެ. މަޖހިލީހުން މިކަންބަލަން ރަނގަޅެވެ. ދައުލަތުގެ ހައިބަތާއި ކަރާމާތަށް ޓަކައެވެ.މިއީވެސް ވާ ދައުލަތެއް ވިއްޔާއެވެ!

ގުޅުންހުރި ޚަބަރު