ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ސިޔާސީ ގޮތުން މި ޤައުމުގައި ހަމަޖެހުން ޤާއިމް ކޮށްދީފިން: ރައީސް
ޚަބަރު

ސިޔާސީ ގޮތުން މި ޤައުމުގައި ހަމަޖެހުން ޤާއިމް ކޮށްދީފިން: ރައީސް

މމުހައްމަދު އަލީ6 ފެބްރުއަރީ 2026
ސިޔާސީ ގޮތުން މި ޤައުމުގައި ޙަޤީޤީ މާނައިގައި ހަމަޖެހުން ޤާއިމް ކޮށްދެއްވައިފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް އެމަނިކުފާނުގެ ސަރުކާރުން ފެންނާނީ މި ސިޔާސަތު ތަންފީޒު ކުރާތަން ކަމަށެވެ. "އިރާދަކުރެއްވިއްޔާ ދެން ވެސް ފެނިވަޑައިގަންނަވާނީ، ދިވެހި އެއްވެސް ރައްޔިތަކު ފަރަގުނުކޮށް ޢަދުލު ޤާއިމުކުރާތަން. ވިސްނުމާއި ޢިލްމުގެ ގޮތުންނާއި އިމާރާތްކުރުމާއި ބިނާވެށީގެ ގޮތުން ދިވެހިޤައުމާއި ދިވެހި ރާއްޖެ އާ އުސްމިންތަކަކަށް ވާޞިލުކުރާތަން،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ދިވެހީންގެ ރާއްޖެ ކަމަށެވެ. އަދި މިއީ ދިވެހީންގެ ސަރުކާރު ކަމަށެވެ. އެހެން ކަމުން މި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައި، ރައްޔިތުންނާ އެކު ކަމަށް ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑާއި އަދުގެ މުޅި ސަރުކާރުގެ ހަކަތައާއި ހިތްވަރު ރެޔާއި ދުވާލު ޤުރުބާން ކުރާނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަރައްޤީ، ހަމަޖެހުން، ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި،" ރައީސް ވިދާޅުވީ އެމަނިކުފާނުގެ މި ސަރުކާރު ކުރިޔަށް ދާނީ ވެރިކަމަށް އައުމަށް ޓަކައި، ރައްޔިތުންނަށްވެ ވަޑައިގެންނެވި ވަޢުދުގެ މަތީގައި، ރައްޔިތުން ކުރި އިތުބާރުގެ މަތީގައި ކަމަށެވެ. އެ ކަން ބިނާވެފައި އޮތީ އިސްލާމީ ތަރަހައިގެ މައްޗަށް ކަމަށް ވެސް ވިދާޅުވިއެވެ. "ދިވެހިޤައުމިއްޔަތުގެ ބިންގަލުގެ މައްޗަށް. ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށް. ޒަމާނީ ޢިލްމީ ހޭލުންތެރިކަމާއި އުފެއްދުންތެރިކަމުގެ މައްޗަށް. ރައްޔިތުންނަށް ލިބޭ ފުދުންތެރިކަމާއި ދިރިއުޅުމުގެ ފަސޭހަކަމާއި އަމާންކަމާއި ހަމަހަމަކަމާއި އިތުބާރާއި ހިތްފަސޭހަކަމުގެ މައްޗަށް،" އެމަނިކުފާނު ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު