ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އައްސޭރި ޖަލުން ހިންމަފުށީ ސުކޫލަށް ޑެސްކްތަކެއް
ޚަބަރު

އައްސޭރި ޖަލުން ހިންމަފުށީ ސުކޫލަށް ޑެސްކްތަކެއް

މމުހައްމަދު އަލީ8 ފެބްރުއަރީ 2026
ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން، ހިންމަފުށީ ސްކޫލަށް 130 ޑެސްކް ހަދިޔާކޮށްފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވިދާޅުވެފައިވަނީ މިއީ ދިރާސީ އައު އަހަރާ ދިމާކޮށް ދިން ހަދިޔާއެއް ކަމަށެވެ. މިއީ އައްސޭރި ޖަލުގެ ގައިދީންނާއި އޮފިސަރުން ގުޅިގެން ޖަހައިފައިވާ ޑެސްކުތަކެކެވެ. މިއީ އިޖްތިމާއީ ގޮތުން އެހީތެރިވެދިނުމަށް ހިލޭކޮށްދެވިފައިވާ މަސައްކަތެއް ކަމަށް އެމްސީއެސް އިން ވަނީ ބުނެފައެވެ. މި މަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި ފޯރުކޮށްދީފައިވަނީ ކ. ހިންމަފުށީ ސުކޫލުން ކަމަށްވެސް އެތަނުން ބުނެފައިވެއެވެ. މިފަދަ މަސައްކަތްތަކުން ގައިދީންގެ ރިހެބިލިޓޭޝަނަށް ހެޔޮ އަސަރުކޮށް، އެފަރާތްތަކުގެ ހުނަރުތައް ތަރައްގީވާ ކަމަށް ވެސް ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު