ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ގިނައަދަދެއްގެ ބަނގުރާ ނައްތާލައިފި
ޚަބަރު

ގިނައަދަދެއްގެ ބަނގުރާ ނައްތާލައިފި

މމުހައްމަދު އަލީ11 ފެބްރުއަރީ 2026

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިތަކެތި ނައްތާލައިފައިވަނީ މިއަދު

ދޫނިދޫގައެވެ. މިއަދު ނައްތާލާފައިވަނީ 777 ފުޅި ބަނގުރާއި 225 ދަޅު ބަނގުރާއި އެހެނިހެން ތަކެތީގެ ގޮތުގައި 10އައިޓަމެކެވެ.

މި ތަކެއްޗަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް ގެނެސްފައިވާ ބަނގުރާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރާއި އެއާގުޅޭ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު