ދިވެހި|English 9 ޖުލައި 2026 · 03:54
Top banner
Advertisement
ކަނޑާ ގުޅުންހުރި ދާއިރާތަކުގައި ހުރި ފުރުސަތު މަދެއްނޫން!
ރިޕޯޓް

ކަނޑާ ގުޅުންހުރި ދާއިރާތަކުގައި ހުރި ފުރުސަތު މަދެއްނޫން!

މމަރިޔަމް ލީނާ28 ސެޕްޓެމްބަރު 2024
ލޮބުވެތި ދިވެހި ޒުވާނުންނޭވެ! ރާއްޖޭގެ ހިކިފަސްތަނަށްވުރެ ބޮޑީކަނޑެވެ. އެހެންވީމާ ދިވެހީން މަޝްހޫރުވެފައިވަނީ ކަނޑުގެ އަހުލުވެރީންގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ މާޒީއަށް ބަލާއިރު ދިވެހިންނާއި ކަނޑާވަނީ އިންތިހާއަށް ގުޅިފައެވެ. އަދާއި މާދަންވެސް ގުޅިފައި މިވަނީ ކަނޑާއެވެ. ދިވެހި ކާބަފައިންނަކީ ރިޔަލު ދޯނީގައި ކަނޑުހުރަސްކޮށް ކަރަކަރައަށް ދަތުރުކުރި ބައެކެވެ. ވިޔަފާރި ކުރުމަށެވެ. އެހެނިގެން މުހުތާދު ތަކުގައެވެ. އެކަން އަދިވެސް ބަދަލެއް ނުވެއެވެ. ބަދަލުވީ ދަތުރުކުރަން ބޭނުންކުރާ އުޅަނދުފަހަރެވެ. ހޯސްޕަވަރު މަތީ އިންޖީނު އަޅައިފައިވާ ބާރަށްދުވާ ބޯޓުފަހަރެވެ. ރާއްޖެއިން ބޭރުކުރާ ބައެއްވައްތަރުގެ މުދަލާއި ރާއްޖެއަށް އެތެރެކުރާ އެތައް ބާވަތެއްގެ މުދާ އަދިވެސް ގެންނަނީ ކަނޑުމަގުންނެވެ. އެހެން ކަމުން އޭރުވެސް މިހާރުވެސް ދިވެހީންގެ އާމްދަނީއާއި ކަނޑާ ވަކިކުރެވޭކަށްނެތެވެ. ދިވެހި ކާބަފައންނާއި އަދުގެ ޖީލް މިވަނީ ކަނޑަގުޅި ލާމެހިފައެވެ. މަސްވެރިކަމަށް ބެއްޔަށް މެއެވެ. ޒަމާން ބަދަލުވެއްޖެއެވެ. ކަންކަން ފަސޭހަވެއްޖެއެވެ. ޓެކްނޮލިޖީ އައިސް ދިރިއުޅުން އޮޓޮމެޓިކް އެއްޗަކަށް ހަދައިފިއެވެ. އެއާއެކު ތައުލީމް ފެތުރި މޮޅުމީހުންނަށް ވެއްޖެއެވެ. މިހުރިހާ ކަމެއްގެ ތެރެއިން ޒުވާނުންނަށް ކަނޑުދަތުރުފަތުރުގެ ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު މިވަނީ އިންތިހާއަށް ހުޅުވިފައެވެ. ކަނޑުގެ އަހުލުންނަށް އެފުރުސަތު ރަނަށްވުރެ އަގުބޮޑެވެ. އެގޮތަށް ބަލައިގެންފި ކަމަށްވާނަމައެވެ. ކަނޑުދަތުރުފަތުރު ކުރާ އާގުބޯޓުފަހަރުގެ އިންޖީންތައް ބަލަހައްޓަން އިންޖިނޭރުން ބޭނުންވެއެވެ. މިއީ ކަނޑުދަތުރުފަތުރުގެ ދާއިރާއިން ވަރަށްރަނގަޅު އާމްދަނީއެއް ހޯދިދާނޭ ކަމެކެވެ. އެ އިލްމު އުނގެނުމުގެ ފުރުސަތު ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ވެސް މިހާރު އެއޮތީ ހުޅުވިފައެވެ. ބޭނުންވަރަކަށް ކިޔަވަންވީއެވެ. ވިޔަފާރި ބަނދަރުތައް ހިންގައި ބެލެހެއްޓުމަކީވެސް ކަނޑުދަތުރުފަތުރާ ގުޅުންހުރި ކަމެކެވެ. މުދާ ހިފައިންގެން އަންނަ އާގުބޯޓު އަންނައިރު އޭގެ ޗީފް އިންޖިނިއަރަކީ ދިވެއްސަކަށް ވެވިދާނެއެވެ. އޭނާ ދަތުރުކުރާ ބޯޓު ބަނދަރަށް ލަފާ ވަގުތު އެނބަދުރުގެ ކަންކަން ރާވައި ހިންގަން ދިވެއްސަކުހުރުމަކީ ކިހާ އުފާވާނޭ ކަމެއްހެއްޔެވެ؟ އޭނާގެ ދަށުން މަސައްކަތްކުރަން އެތައް ބަޔަކު އެކިފަންތީގައި ތިބޭނެއެވެ. މިވަރަކުން ނުނިމެއެވެ. ކަނޑުތަކާ ބެހޭ ދިރާސާ ކޮބައި ހެއްޔެވެ؟ ކަނޑުގެ ދިރުންތަކާއި ކަނޑުގެ މުޅި މާހައުލާ ބެހޭ ދިރާސާތައް ކޮބައިހެއްޔެވެ؟ މިފަދަ ދިރާސާތައް ހެދޭނީ އެދާއިރާއަކުން ކިޔަވައިގެންނެވެ. އެފުރުސަތު ވެސް އަދުގެ ދުނިޔޭގައި މިވަނީ ތަންމިނަށް ހުޅުވިފައެވެ. މިއީ ރަނގަޅު އާމްދަނީއެއް ލިބޭނޭ ޕްރޮފެޝަނަލް މަސައްކަތެކެވެ. މީގެ އިތުރުން ކަނޑުގެ ގާނޫނާ ބެހޭދާއިރާ ވެސް އެބައޮތެވެ. އެދާއިރާއިން ކިޔަވައިގެން އެދާއިރާއިން ކުރިއަށް ނުދެވޭންވީ އެއްވެސް ސަބަބެއްނެތެވެ. މިއިން ކޮންމެ ދާއިރާއަކީ މިހާރު ވަޒީފާ ލިބޭނޭ ދާއިރާތަކެވެ. މިދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް އެއޮތީ ކިޔަވައިދޭން ތައްޔާރަށެވެ. އެތަނުގެ ހުރިހާ ދޮރުތަކެއް އެހުރީ ދިވެހި ޒުވާނުންނަށް ތަންމިނަށް ހުޅުވާލައިފައެވެ. އެތަނުން "ބެޗްލަރ އޮފް ސައިންސް އިން މެރިޓައިމް ސްޓަޑީޒް" އާއި "ޑިޕްލޮމާ އިން ޕޯޓް މެނޭޖްމަންޓް" ފަދަ ކޯސްތައް އެއޮތީ ތައާރަފް ކޮށްފައެވެ. ކުރިއަށް އޮތް ތަނުގައި މާސްޓަރސް ޕްރޮގްރާމްތައް ފެށުމަށް ވަނީ ރާވައިފައެވެ. އުފަލެއް ނުވޭހެއްޔެވެ؟ ފުރުސަތު މަދުހެއްޔެވެ؟ މިކަންކަމަށް ސަރުކާރުން ވެސް އެހީތެރިކަން ފޯރުކޮށްދެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ. އެގޮތުން، ސްކޮލަރޝިޕް ފުރުޞަތުތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެހެންވީމާ ކަނޑުގެ އަހުލުންނަށް އޮތް ފުރުސަތު ލައްކަ ގިނަތާއެވެ. ލޮބުވެތި ޒުވާނުންނޭވެ! ތިޔަ ޒުވާނުންނަކީ މި ޤައުމުގެ މުސްތަޤުބަލެވެ. ކަނޑުދަތުރުފަތުރުގެ ދާއިރާއަކީ ތިޔަ ޒުވާނުންނަށް ފަޚުރުވެރި މުސްތަޤުބަލެއް އޮތް ދާއިރާއެކެވެ. މި ދާއިރާއިން ކުރިއަށް ދިއުމަށް މިއަދުން ފެށިގެން ތައްޔާރުވާށެވެ. ރާވާށެވެ. ވިސްނާށެވެ. ތިޔަ ޒުވާނުންގެ ހުނަރާއި ޤާބިލުކަމުން ޤައުމީ ތަރައްޤީއަށް އެހީތެރިވެވޭނެ ފުރުސަތު ހޯދޭނޭ މަގުފަހިވީއެވެ. ޒުވާނާއެވެ. ފަހަތަށް ނުދާށެވެ. ކުރިއަށްދާށެވެ. މުޅި ގައުމު މިއޮތީ ޒުވާނުންގެ ފަހަތުގައެވެ. ޒުވާނުން ބިނާކުރުމުގެ މަސައްކަތުގައެވެ.  

ގުޅުންހުރި ޚަބަރު