ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
ރަސްމީ ދަތުރުފުޅެއްގައި ރައީސް ބަނގްލަދޭޝަށް ފުރާވަޑައިގެންފި
ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް ބަނގްލަދޭޝަށް ފުރާވަޑައިގެންފި

މމުހައްމަދު އަލީ17 ފެބްރުއަރީ 2026
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަނގްލަދޭޝަށް ފުރާވަޑައިގަންނަވައިފިއެވެ. އެމަނިކޫ ފުރާވަޑައިގެންނެވީ މިރޭގައެވެ. މިއީ ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑޮކްޓަރ މުޙައްމަދު ޔޫނުސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. މިދަތުރުފުޅަކީ، އެ ޤައުމުގެ އައު ސަރުކާރު ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނަށް ދެއްވި ދަޢުވަތެކެވެ. އެޤައުމުގެ އައު ސަރުކާރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ 17 ފެބުރުވަރީ 2026 ގައެވެ. ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ތާރިޤް ރަޙްމާނާ، މިދަތުރުފުޅުގައި ރައީސް ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. ދިވެހިރާއްޖެއާއި ބަނދަގްލަދޭޝާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 22 ސެޕްޓެންބަރު 1978 ގައެވެ. ރައީސްގެ މިދަތުރުފުޅަކީ ފެބުރުވަރީ 16 އިން 18 އަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު