ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
ގިނަ "ދޫތަކުން" ފެންނަނީ ތިލަފަތަށް ވޯޓު އަޅާ މަންޒަރު: ފައްޔާޒު
ޚަބަރު

ގިނަ "ދޫތަކުން" ފެންނަނީ ތިލަފަތަށް ވޯޓު އަޅާ މަންޒަރު: ފައްޔާޒު

މމުހައްމަދު އަލީ18 ފެބްރުއަރީ 2026
ބ. އަތޮޅުގެ ރަށްރަށުން ފެންނަނީ އެމްޑީޕީގެ ތިލަފަތަށް ވޯޓު އަޅާ މަންޒަރު ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ކުޑަރިކިލު، ކިހާދޫ، ކަމަދޫ، ދޮންފަނު، މާޅޮސް، ތުޅާދޫ، ފުޅަދޫ، ފެހެންދޫ، ގޮއިދޫ، ހިތާދޫ، ކެންދޫ އަދި ދަރަވަންދޫއިން ވެސް ފެންނަނީ ތިލަފަތަށް ވޯޓު އެޅުމަށް މުޅި ބ. އަތޮޅު ތައްޔާރަށް އޮތް މަންޒަރު،" ކަމަށެވެ. ލޯކަލް ކައުލްސިލް އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި އޭނާ ވިދާޅުވެފައިވަނީ ކައުންސިލް ވޯޓާއެކު ބޮޑު ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ހުށަހެޅީ ހީލަތްތެރި ބޭނުމެއްގައިކަން ރައްޔިތުންނަށް ދަނީ ސާފުވަމުން ކަމަށެވެ. "ރައީސް މުއިއްޒުގެ މަކަރުވެރި ރޭވުން ހުއްޓުވުމަށް އެ ވޯޓުގައި ވެސް ސަރުކާރަށް ނޫނެކޭ ރައްޔިތުން ބުނާނެ. އިންތިޚާބަށް އެމްޑީޕީގެ ޓިކެޓުގައި ނުކުންނަ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ކާމިޔާބަށް އެދެން. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެ،"

ގުޅުންހުރި ޚަބަރު