ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ފޮޓޯ
ޚަބަރު

އިޞްލާޙުގެ ފެށުމަކީ ތިމާ: ރައީސް

މމުހައްމަދު އަލީ18 ފެބްރުއަރީ 2026
އިޞްލާޙެއްގެ ފެށުމަކީ ތިމާކަމަށާއި، އާއިލާއަކަށް، މުޖުތަމަޢަކަށް ނުވަތަ ޤައުމަކަށް އިޞްލާޙެއް، ނުވަތަ ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމާގުޅިގެން ފޮނުއްވި ޚިތާބުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރަމަޟާންމަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް ފޮނުއްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މާތް ﷲ ރޯދަ ފަރުޟުކުރެއްވީ ތަޤުވާވެރިވުމަށާއި، ކުށްފާފަތަކަށް އަރައިގަތުމަށް ބިރުވެތިވެ، އެކަންކަމުން ދުރުހެލިވުމަށާއި، ތެދުމަގުގައި ސާބިތުވެ، ހެޔޮ ކަންކަންކުރުންމަތީ ދެމިތިބުމަށްޓަކައިކަމުގައެވެ. މި ބަރަކާތްތެރި ހެޔޮކަމުގެ މޫސުން ބައްދަލުކުރި ހިނދު، މުޖުތަމަޢިން ދެކެން ބޭނުންވާ، ވަރަށް ގިނަ ހެޔޮ ކަންކަން އެބަހުރި ކަމަށާއި، އޭގެ ތެރޭގައި ދީނީ ކަންކަމާއި، އާދަކާދައިގެ ކަންކަން ހިމެނޭ ކަމުގައިވެސް ރައިސް ވިދާޅުވެފައިވެއެވެ. މި ޚިތާބުގައި އެމަނިކުފާނު އެދިވަޑައިގެންފައިވަނ ދިވެހި މުޖުތަމަޢަކީ، ފަސްވަގުތު ނަމާދުކުރާ، ކުޑަކުދީންގެ ކަރާމާތް ރައްކާތެރިކުރާ، ބޮޑެތި މީހުންނަށް އިޙްތިރާމުކުރާ މުޖުތަމަޢެއްކަމުގައި ވުމަށެވެ. މަސްތުވާތަކެތިން ސަލާމަތްވެފައިވާ، ޞިއްޙީގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ، އަދި ހުރިހާ ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށްހިތާ، ދިވެހީންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި، ދިވެހިވަންތަ، ތަހުޒީބު، އަމިއްލަ ގޮތްތައް ނަގަހައްޓާ މުޖުތަމަޢެއް ދެކިވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި ސިފަތައް ހުރި މުޖުތަމަޢެއް ބޭނުންވަނީ، ދިވެހިރާއްޖޭގެ އަމާންކަމާ، ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތަށްޓަކައިކަމަށާއި، ހެޔޮލަފާ، ޚުލްޤުހެޔޮ އަދި ޒަމާނާއެކު ކުރިއަރާފައިވާ ބަޔަކަށް ދިވެހީން ވުމަށްޓަކައިކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އޭގެ ސަބަބުން، ދިވެހީންގެ ޤަދަރު މަތިވެރިވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. ރަމަޟާން މަހަކީ، އަޚުލާޤުގެ އެންމެ މަތިވެރި ހުރިހާ ފިލާވަޅެއް އުނގަންނައިދޭ މައްސަރުކަމުގައިވާތީ، އަޅުކަންތައްތަކުން ވަގުތުތައް ރާވާލުމާއި، ޛިކުރުތަކުން ތަޤުވާވެރިވުމާއި، ހިތާއި ރޫޙާއި ހަށިގަނޑު، ހެޔޮ ކަންކަމުގައި ހޭދަކުރާން ދަސްކޮށްދިނުމަށްވެސް އެމަނިކުފާނުގެ ޚިތާބުގައި އެދިވަޑައިގެންފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، ހުރިހާ ހެޔޮ ޢަމަލުތައް، ކޮންމެ މީހަކު އަމިއްލަ ނަފުސާ ހަމައިން ފަށައި، މި ބަރަކާތްތެރި ރަމަޟާން މަހަކީ ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފްސު އެ ބަދަލާ އެއްގޮތަށް، ދީނީ، ޤައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހެދުމަށެވެ.  

ގުޅުންހުރި ޚަބަރު