ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
މީހަކު ރަހީނު ކުރި މައްސަލައެއްގައި ބަންގާޅު މީހަކު ހައްޔަރުކޮށްފި
ޚަބަރު

މީހަކު ރަހީނު ކުރި މައްސަލައެއްގައި ބަންގާޅު މީހަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީ21 ފެބްރުއަރީ 2026
ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓި މައްސަލައެއްގައި ބަނގްލަދޭޝް ރައްޔިތަކު ހައްޔަރު ކޮށްފިއެވވެ. ފުލުހުން ވިދާޅުވީ ހައްޔަރު ކޮށްފައިވަނީ އުމުރުން 35 އަހަރުގެ އިޤްބާލް މިއާ ކަމަށެވެ. އިޤްބާލް މިއާގެ ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އިޤުބާލް މިއާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެއް ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މީހަކު ހިފަހައްޓާފައިވާ ކަމުގެ މައުލޫމާތު ލިބުނީ ފެބްރުއަރީ 19 ވަނަ ދުވަހުގެ ރޭ ދަންވަރު 01:22 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. "ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން، އެ މީހާ މާލޭގައި ހުރި ތަން ދެނެގަނެ، އެތަނަށް ބާރުގެ ބޭނުންކޮށްގެން ވަދެ ހިފަހައްޓާފައިހުރި މީހާ ވަނީ އެރޭ 02:29 އެހައިކަންހާއިރު ސަލާމަތްކޮށްފައެވެ. އެމީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައި ނުވެއެވެ." ފުލުހުން ވިދާޅުވެފައިވެއެވެ.  ހިފަހައްޓާފައި ހުރީ ދިވެއްސެއްކަމެއް ބޭރުމީހެއް ކަމެއް ފުލުހުން ވިދާޅުވެފައެއް ނުވެއެ. އަދި އޭނާ ހިފެހެއްޓި ސަބަބެއް ވެސް އަދި އެނގިފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު