ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ރޭ ހިނގި އެކްސިޑެންޓެއްގައި ސޯޅަ އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ޚަބަރު

ރޭ ހިނގި އެކްސިޑެންޓެއްގައި ސޯޅަ އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

މމުހައްމަދު އަލީ25 ފެބްރުއަރީ 2026
ރޭ ދަންވަރު ހިނގި ސައިކަލު އެކްސިިޑެންޓެއްގައި ސޯޅަ އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެެވެ. ފުލުހުން ވިދާޅުވީ މިއެކްސިޑެންޓު ހިނގާފައިވަނީ ބޮޑުތަކުރުފާނުމަގު ބުރިޖު ލައިޓުކައިރިން ކަމަށެވެ. އެކްސިޑެންޓުވީ ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައިދަނިކޮށް ޕޭވްމަންޓު މައްޗަށް އަރަައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެކްސިޑެންޓުގައި މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 1:39 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓުވީ ސައިކަލް ދުއްވަން އިނީ ނަވާރަ އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަކީ ލައިސަންސް އޮންނަ ޒުވާނެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެކްސިޑެންޓުގައި ދެ މީހުންނަށްވެސް އަނިޔާވިއެވެ. ސޯޅަ އަހަރުގެ ކުއްޖާ ނިޔާވީ އެކްސިޑެންޓަށްފަހު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު