ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ޔުނީފޯމް އެޅި މުވައްސަސާތަކުގެ އަންހެނުން މުވައްޒަފުންނަކީ ޒިންމާދާރު ބައެއް: ދިޔާނާ
ޚަބަރު

ޔުނީފޯމް އެޅި މުވައްސަސާތަކުގެ އަންހެނުން މުވައްޒަފުންނަކީ ޒިންމާދާރު ބައެއް: ދިޔާނާ

ހިރި ނިއުސްހިރި ނިއުސް25 ފެބްރުއަރީ 2026
ޔުނީފޯމްއެޅި މުއައްސަސާތަކުގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަނީ ގޮންޖެހުން ބޮޑުކޮށް ކަމަށްވިޔަސް،ޒިންމާދާރުކަމާއެކީގައި ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ދިފާއީ ޚިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ބާރުވެރިކުރުމަށާއި، އަންހެން މުވައްޒަފުންގެ ލީޑަރޝިޕް ގާބިލުކަން އިތުރުކުރުމަށް ހަރަކާތްތެރިވާނެ މުވައްޒަފުން މެންޓަރސްގެ ގޮތުގައި ބިނާކުރުމަށް ކުރިއަށް ގެންދިޔަ "ޓްރެއިނިންގ ފޯ ވިމެން މެންޓަރސް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ޤާނޫން ތަންފީޒުކުރާ، ޔުނީފޯމްއެޅި މުއައްސަސާތަކައް ބަލާއިރު އަންހެން މުވައްޒަފުން، މުޖުތަމައުގައި ކުށްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުން ފެށިގެން ގޮސް ޓްރެފިކް ބެލެހެއްޓުމަށާއި ބޯޑަރުގައި މުދާ ބަލައި ފާސްކުރުމުގައި އަންހެން މުވައްޒަފުން ހަރަކާތްތެރިވާކަމަށެވެ. މީގެ އިތުރަށް ރާއްޖެ އަންނަ ފަސިންޖަރުންގެ ކަންކަން ބެލެހެއްޓުމާއި، ޖަލުތަކުގައި ގައިދީންނާ ގުޅުންހުރި ކަންކަން ބެލެހެއްޓުން ފަދަ މުޖުތަމައުއަށް ބޭނުންތެރި އަދި ގޮންޖެހުންތައް ގިނަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަންހެން މުވައްޒަފުން ހަރަކާތްތެރިވަނީ ޒިންމާދާރުކަމާއެކުގައި ކަމަށް ވެސް ވިދާޅުވިއެވެ. މިފަދަ ތަމްރީންތަކުގެ ޒަރިއްޔާއިން މުއައްސަސާތަކުގައި އަންހެން ލީޑަރުން އުފެދޭ މިންވަރު އިތުރުވެ، ގާނޫނު ތަންފީޒުކުރުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަންހެނުންނަށް ދިމާވާ ގޮންޖެހުން ތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އަންހެން އޮފިސަރުންނަށް ހާއްސަކުރެވިގެން މިފަދަ ގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިމަހުގެ 8 އިން 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އަންހެން މުވައްޒަފުން ހިމެނޭހެން 24 މުވައްޒަފުން ބައިވެރިވިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ މާލޭ ކެންޕަސްގައެވެ.

ގުޅުންހުރި ޚަބަރު