ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
"އަވަސްވެގަންނާށެވެ! 1447" ޕްރޮގްރާމް ފަށައިފި
ޚަބަރު

"އަވަސްވެގަންނާށެވެ! 1447" ޕްރޮގްރާމް ފަށައިފި

މމުހައްމަދު އަލީ26 ފެބްރުއަރީ 2026
ރަމަޟާން މަހަށް ޚާއްޞަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން "އަވަސްވެގަންނާށެވެ! 1447" ޕްރޮގްރާމް ފަށައިފިއެވެ. މިއީ މާފުށީ ޖަލާއި ހުޅުމާލެ ޖަލުގެ ޤައިދީންނަށް ޚާއްސަކޮށްގެން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި މާފުށީ ޖަލުގެ 20 ފިރިހެން ގައިދީންނާއި 34 އަންހެން ގައިދީން ބައިވެރިވެފައިވެފައިވެއެވެ. އަދި ހުޅުމާލެ ޖަލުގެ 47 ފިރިހެން ގައިދީން ބައިވެރިވެފައިވެއެވެ. މިއީ، މައިގަނޑު 6 މާއްދާ އާއި ހަރަކާތްތަކަށް އެކުލެވޭ، ފަސް ހަފްތާގެ ޕްރޮގްރާމެއް ކަމަށް ކަރެކްޝަނުން ވިދާޅުވެފައިވެއެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ޤައިދީން ރަމަޟާން މަހަށް ފުރިހަމަ ގޮތުގައި އިސްތިޤްބާލު ކުރުވުމާއި، އެ މައްސަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރުއެޅުމާއި، އިސްލާމް ދީނާއި ކީރިތި ޤުރުޢާނަށް ލޯބިކުރާ ބަޔަކަށް ވުމަށް ބާރުއެޅުން ކަމަށް ކަރެކްޝަނުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި ޕްރޮގާމް މެދުވެރިކޮށް ބައިވެރިންނަށް އިސްލާމް ދީންގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމާއި އިސްލާމީ ރިވެތި ސިފަތަކާއި އުޞޫލުތަކާ އެއްގޮތަށް އަޚްލާގާއި ސުލޫކަށް ބަދަލު ގެނައުމަށް ބާރުއަޅާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު