ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ޙާފިޡުންނަށް، ރައީސްގެ މެޑެއްޔާއި އިނާމު ދެއްވުން، މާރިޗު އެކެއްގައި
ޚަބަރު

ޙާފިޡުންނަށް، ރައީސްގެ މެޑެއްޔާއި އިނާމު ދެއްވުން، މާރިޗު އެކެއްގައި

ހިރި ނިއުސްހިރި ނިއުސް26 ފެބްރުއަރީ 2026
ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން، އަންނަ މާރިޗު މަހުގެ 1 ވާ އާދީއްތަ ދުވަހުގެ ރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ. މެޑެއްޔާއި އިނާމު ދެއްވުން އޮންނާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމް ކުރައްވައިގެން އިސްލާމީ މަރުކަޒުގައި މިކަމަށްޓަކައި އެ ރޭ ބާއްވަވާ ޚާއްޞަ ޖަލްސާގައެވެ. ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު މިއަހަރު ލިބިވަޑައިގަންނަވަނީ 50 ޙާފިޡުންނަށެވެ. ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުންނަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ މެޑެއްޔާއި އިނާމު ދެއްވައިފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި 1446 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައެވެ. އެ އަހަރު 28 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ލިބިވަޑައިގެންނެވިއެވެ.
  • ޚަބަރާއި ފޮޓޯ/ރައީސްއޮފީސް

ގުޅުންހުރި ޚަބަރު