ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އަންނަ މާރިޗު މަހުގެ ނުވައަކުން ފެށިގެން ސަރުކާރު ބަންދުވާނެ
ޚަބަރު

އަންނަ މާރިޗު މަހުގެ ނުވައަކުން ފެށިގެން ސަރުކާރު ބަންދުވާނެ

މމުހައްމަދު އަލީ26 ފެބްރުއަރީ 2026
އަންނަ މާރިޗު މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން ސަރުކާރު ބަންދުވާނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މިއީ ރަމަޟާން މަހުގެ ފަހުދިހައިގައި އަޅިކަމާގެން ބޮޑަށް އުޅުމުގެ ފުރުސަތު ރައްޔިތުންނަށް ދެއްވުމަށް ރައީސް ނިންމެވި ނިންމެވުމެކެވެ. "އެއީ، 1445ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 4 ފެބުރުވަރީ 2024 ގައި ނެރުއްވި ދެންނެވުމުން ހަމަޖައްސަވައިފައިވާތީއެވެ. މިގޮތަށް ހަމަޖެއްސެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ." ރަމަޟާން މަހުގެ ފަހުދިހައާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވަނީ އަންގަވައިފައެވެ.  

ގުޅުންހުރި ޚަބަރު