ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
މިނިވަން ޤައުމެއްގެ ގޮތުގައި، ދެމިތިބުމަށް ތާރީޚު  މުހިންމު: ރައީސް
ޚަބަރު

މިނިވަން ޤައުމެއްގެ ގޮތުގައި، ދެމިތިބުމަށް ތާރީޚު މުހިންމު: ރައީސް

ހިރި ނިއުސްހިރި ނިއުސް28 ފެބްރުއަރީ 2026
ދިވެހީން މިވަޠަނުގައި ދިިރިއުޅޭތާ އެތައް ސަތޭކަ އަހަރު ވެފައިވާކަމަށް ހެކިދެނީ ދިވެހި ތާރީޚު ކަމަށާއި އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި، އަންނަން އޮތް ޒަމާންތަކުގައި އަޅުގަނޑުމެން ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކަށް ވާނީވެސް ދިވެހި ތާރީޚު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިއްޔެ ފާހަގަކުރި ޤައުމީ ތާރީޚުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، މާޒީގެ ވާހަކަތަކުގެ ޖުމްލަތަކާއި ތަސްވީރުތަކާއި ޤަދީމީ އާސާރުތަކުން އެތައް ވާހަކަތަކާއި އިބްރަތްތަކާއި ޙިކްމަތްތައް ލިިބިގެންދާކަމަށް ވިދާޅުވިއެވެ. އަދި، ދިވެހިން މި ފަޚުރުވެރި ޤައުމުގައި އުޅޭތާ އެތަކެއް ސަތޭކަ އަހަރު ވެފައިވާކަން ތާރީޚުން ހެކިދޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަަމައެހެންމެ، އަންނަން އޮތް ޖީލުތަކަށް މިނިވަން، އަމިއްލަވަންތަ ޤައުމެއްގެ ގޮތުގައި އޮތުމަށް އޮތް އެންމެ ބޮޑު ސަބަބަކީ ދިވެހި ތާރީޚު ކަަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ‎ދިވެހި ތާރީޚާއި ތަރިކަ ރައްކާތެރިކޮށް، ތާރީޚާއި ތަރިކައިގެ އިލްމު ފުޅާކޮށް، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް ފައްޓަވާފައެވެ. ޚަބަރާއި ފޮޓޯ ރައީސް އޮފީސް

ގުޅުންހުރި ޚަބަރު