ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
މޮރިޝަސްއިން ރާއްޖެއާ ގުޅުންކަނޑާލިޔަސް ޙަގީގަތް ބަދަލެއް ނުވާނެ: ރައީސް
ޚަބަރު

މޮރިޝަސްއިން ރާއްޖެއާ ގުޅުންކަނޑާލިޔަސް ޙަގީގަތް ބަދަލެއް ނުވާނެ: ރައީސް

މމުހައްމަދު އަލީ2 މާރިޗު 2026
ފޯޅަވަހި (ޗާގޯސް) ގެ މައްސަލާގައި މޮރިޝަސް އިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ކަންބޮޑުވާކަމެއް ކަމަށްވިޔަސް ޙަގީގަތެއް ބަދަލެއް ނުވާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޙަގީގަތަކީ ފޯޅަވަހި ލިބެންޖެހޭނީ ރާއްޖެއަށް ކަމަށެވެ. ރާއްޖެ ލިބުން އެންމެ ޙައްޤުކަން ބޮޑީ ދިވެހިރާއްޖެއަށް ކަމަށާއި، ފޯޅަވައްސަކީ، ދިވެހިންނާ ގުޅުންހުރި ތަނެއްކަމުގެ ތާރީޚީ ހެކިތައް ފެންނަން އެބަހުރި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭގެ ހެއްކެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ، ފޯޅަވަހީގެ ޗާޓަކާ އެކު 9 ވަނަ ޙަސަން ރަސްގެފާނު 16 ވަނަ ޤަރުނުގައި ލިޔުއްވާފައިވާ ސިޓީފުޅެއް އެބައޮތްކަމުގައެވެ. މިފަދަ ސަބަބުތަކަށްޓަކައި ފޯޅަވަހި ލިބުން ހައްގުވެރި ޤައުމަކާ އެތަން ހަވާލުކުރާނަމަ، އެތަން ލިބެން ޖެހޭނީ ދިވެހިރާއްޖެއަށް ކަމަށް ވިދާޅުވިއެވެ. ފޯޅަވަހި މިހާރު އޮތްގޮތަށް އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައި އޮތުން ފިޔަވައި، ދުނިޔޭގެ އެއްވެސް ޤައުމަކާ ފޯޅަވަހި ޙަވާލު ކުރާނަމަ، އެތަން އެންމެ ހައްގުކަން ބޮޑީ ދިވެހިރާއްޖެއަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ފޯޅަވަހި ހޯދުމަށްޓަކައި އިނގިރޭސި ސަރުކާރާއެކު ދިވެހިރާއްޖެއިން މަސައްކަތްތަކެއް ކުރެވެމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އެގޮތުން އެކަމާ ގުޅޭ ދެސިޓީއެއް ފޮނުއްވާފައިވާ ކަމަށާ، އަދި އިނގިރޭސި ބޮޑުވަޒީރާއެކު ފޯނުން މަޝްވަރާ ތަކެއް ކުރައްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭގެ ޑޮކިޔުމެންޓޭޝަން ތައްޔާރުކުރައްވައި ހުށަހަޅުއްވަންޖެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު