ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ތެލާއި ކާބޯތަކެތި ނުލިބިދާނޭކަމުގެ ނުރައްކަލެއްނެތް: ރައީސް
ޚަބަރު

ތެލާއި ކާބޯތަކެތި ނުލިބިދާނޭކަމުގެ ނުރައްކަލެއްނެތް: ރައީސް

މމުހައްމަދު އަލީ2 މާރިޗު 2026
މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ތެލާއި ކާބޯތަކެތި ނުލިބިދާނޭކަމުގެ ނުރައްކަލެއް މިހާތަނަށް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ފެބުރުވަރީ 28 ވަނަދުވަހުވެސް އޮމާނުން، ތެލުގެ އާ ޝިޕްމަންޓެއް ރާއްޖެއަށް ފުރާފައިވާކަމަށެވެ. އިތުރު ޝިޕްމަންޓެއް ހޯދުމުގެ މަސައްކަތްވެސް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ. ރައީސްވިދާޅުވީ މިވަގުތު ރާއްޖޭގެ ފަތުރުވެރިކަން ހިމާޔަތްކުރުމަށްޓަކައި، ރާއްޖެއަށް ދަތުރުކުރެވޭ މަގުތަކަށް ބަދަލުގެނެސް، އަމިއްލަ އެއަރލައިންގެ ޤާބިލިއްޔަތުކަން އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، މަސްރަޙު ގާތުން ބައްލަވައި، ދިވެހީންނާއި ދިވެހިރާއްޖެއަށް ކޮށްފާނޭ އަސަރުތައް ކުޑަކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވަނީ ފަށައިފައެވެ. މިކަމަށް އެކުލަވާލައްވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން، މެދުއިރުމަތީގެ ޤައުމުތަކުގައި މިހާރު ދިރިއުޅޭ ދިވެހިންގެ ޙާލު ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާތަނަށް، ދިވެއްސެއްގެ ސަލާމަތާ ގުޅުންހުރި އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މައްސަލަ ގޯސްވެ، އިވެކުއޭޓްކުރަން ޖެހިއްޖެ ޙާލަތަކަށްވެސް ސަރުކާރުން ދަނީ ތައްޔާރުވަމުން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މެދުއިރުމަތީގެ ވައިގެ ސަރަޙައްދުތައް ބަންދުކުރުމުގެ ސަބަބުން ރާއްޖެއިން ނުފުރި އަދި ރާއްޖެއަށް ނާދެވި ތިބި މީހުންގެ ދަތުރުތައް ރީރޫޓްކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު