ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އައިގޮތަށް ހުއްޓުވާލީ މާލޭގެ ތަރައްގީ:މަމްދޫޙު
ޚަބަރު

އައިގޮތަށް ހުއްޓުވާލީ މާލޭގެ ތަރައްގީ:މަމްދޫޙު

މމުހައްމަދު އަލީ4 މާރިޗު 2026
މާލޭގެ މޭޔަރު ކަމާ އާދަމް ޢާޒިމް ހަވާލުވެ ވަޑައިގެންނެވި ގޮތަށް އެންމެ ފުރަތަމަ ވެސް މާލޭގެ ތަރައްގީގެ އެތައް ކަމެއް ހުއްޓުވި ކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ކުރައްވައިފިއެވެ. ޕީއެންސީގެ ގަލޮޅު އުތުރު ދާއިރާގެ ކެންޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެކަން އެގޮތަށް ހިނގާފައިވަނީ އިދިކޮޅު ޕާޓީގެ މޭޔަރަކު އިންތިޚާބު ކުރުމުން ކަމަށެވެ. އޭގެ ބަދަލުގައި މާލޭގެ މޭޔަރަކަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި ދުވަސްވަރު މާލޭސިޓީއަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށް އެތައް މަސައްކަތެއް ކޮށްދެއްވި ކަމަށެވެ. އެ މަސައްކަތައް ހުއްޓުވީ އާދަމް ޢާޒިމު މޭޔަރަކަށް ވަޑައިގެންނެވުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަމްދޫޙު ވިދާޅުވީ މޭޔަރުކަން ކުރައްވަން މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށްް ލިބިވަޑައިގެންނެވީ ދެ އަހަރާއި ހަމަސް ކަމަށެވެ. އެމުއްދަތުގައި އެމަނިކުފާނު ވަނީ ރައްޔިތުން ބޭނުންވި ކަންކަން ތަރުތީބެއްގެ ދަށުން ކޮށްދެއްވައިފައި ކަމަށެވެ. އަދި ގެންދެވީ ވެސް ކުރައްވަމުން ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަލުން މާލޭސިޓީ ތަރައްގީ ކުރެވޭނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މޫސާ ޢަލީ ޖަލީލަށް ވޯޓުލައިގެން މާލޭގެ މޭޔަރަކަށް އޭނާ އިންތިޚާބުކޮށްގެން ކަމަށެވެ.

ގުޅުންހުރި ޚަބަރު