ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް 54 މިލިއަންް
ޚަބަރު

މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް 54 މިލިއަންް

މމުހައްމަދު އަލީ4 މާރިޗު 2026
މަތީ ތައުލީމް ޙާސިލް ކުރާ ދަރިވަރުންނަށް ހިންގާ އެކި ސްކީމްތަކަށް، މިއަހަރު ޖަނަވަރީ މަހުން ފެށިގެން ފެބުރުވަނީގެ ނިޔަލަށް ޖުމްލަ 54 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ދޫކޮށްފިއެވެ. މިކަން ހާމަކުރެއްވީ މަތީތައުލީމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު މިއަދު ވިދާޅުވީ މިއަހަރުގެ ޖަނަވަރީން ފެށިގެން ފެބުރުވަރީ ނިޔަލަށް 556،174 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. މިއީ ފުރަތަމަ ޑިގުރީ ޕްރޮގުރާމުގައި ކިޔަވަމުންދާ 46 ދަރިވަރަކަށް ދޫކުރި އަދަދެވެ. ލޯނު ސްކީމުގެ ދަށުން ކިޔަވަމުންދާ 2001 ދަރިވަރަކަށް ވިހި މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ސަރުކާރުގެ ސްކޮލަރޝިޕްތަކުގައި ކިޔަވަމުންދާ ސަތޭކަ ފަސް ދަރިވަރަކަށް 33.9 މިލިއަން ރުފިޔާ ދީކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަނީ އެކި ސްކީމްތަކުގައި ކިޔަވާ ދަރިވަރުންނަށް ފަސޭހަކޮށްދިނުމަށް މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އެގޮތުން ފައިސާ ދޫކުރުމުގެ މަސައްކަތް އެއް މަންސައެއްގެ ތެރެއިން ހަމަޖެއްސުމަށްޓަކައި "ކުރި ޕޯޓަލް"ގެ ނަމުގައި ޕޯޓަލެއް ތައާރަފުކޮށް މިހާރުވަނީ ޚިދުމަތް ދޭން ފަށައިފައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ސްޓައިޕެންޑް ރިވައިޒް ކުރަން ފަށައިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު