ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
މާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި
ޚަބަރު

މާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި

މމުހައްމަދު އަލީ5 މާރިޗު 2026
މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވި ގޮތުގައި ގެއްލިގެން ހޯދަމުންދަނީ މާލޭގައި އުޅޭ، ޅ. ނައިފަރު / ކަށިމާގެ، ފާޠިމަތު ނޫރާ (32އ) އެވެ. އޭނާގެ ޚަބަރެއް ނުވެގެން ހޯދަންފެށީ މިހިނގާ މާރިޗު 4 ވަނަ ދުވަހުގެ 20:00 އެހައިކަންހާއިރު ގެއިންބޭރަށް ދިޔަފަހުން ޚަބަރެއްނުވެގެން އާއިލާއިން ރިޕޯޓުކުރުމުންނެވެ. ޢާއިލާއިން ރިޕޯޓުކޮށްފައިވަނީ ހަމަ އެރޭ 12:19 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިހާތަނަށް އަދި އޭނާ ފެނިފައެއް ނުވެއެވެ. ފާޠިމަތު ނޫރާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9631696 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.  

ގުޅުންހުރި ޚަބަރު