ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ގާނާގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުވައިފި
ޚަބަރު

ގާނާގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުވައިފި

މމުހައްމަދު އަލީ7 މާރިޗު 2026
ގާނާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ސެމުއެލް އޮކޫޑްޒޭޓޯ އަބްލަކްވާ އަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ޑރ. ޚަލީލް ވަނީ އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ނަމުގައި ސެމުއެލްއަށާއި އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. "ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި، ގާނާގެ ސަރުކާރަށާއި ރައްޔިތުންނަށް، މިނިވަން ދުވަހާ ގުޅިގެން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަން،" ތަހުނޔާގެ މެސެޖުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ ރާއްޖެއާއި ގާނާއާ ދެމެދުއޮތް ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ބަދަހިވެ، ކުރިއަރަމުންދާނެކަމަށް ޔަޤީން ކުރައްވާ ކަމަށެވެ. "އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."  

ގުޅުންހުރި ޚަބަރު