ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އަންހެނަކަށްވީތީ މަސައްކަތު މާހައުލުގައި ތަފާތު ކުރުމެއް ނޯންނާނެ
ޚަބަރު

އަންހެނަކަށްވީތީ މަސައްކަތު މާހައުލުގައި ތަފާތު ކުރުމެއް ނޯންނާނެ

ހިރި ނިއުސްހިރި ނިއުސް8 މާރިޗު 2026
އަންހެނަކަށްވީތީ، މަސައްކަތުގެ މާހައުލުގައި ތަފާތު ކުރުމެއް ނޯންނާނޭ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެމިނިސްޓްރީގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ފަދަ ތަފާތު ކުރުމެއް ނުގެންގުޅުއްވާނެކަމުގެ ޔަގީންކަން ވެސް މުވައްޒަފުންނަށް ދެއްވާ ކަމަށެވެ. އޭ އިތުރުން އެ މިނިސްޓްރީއަކީ އަންހެނުންނަށް ފަހި ފުރުސަތުތަކެއް ހުރި މިނިސްޓްރީއެއް ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނު އުންމީދު ކުރައްވަނީ މިނިސްޓްރީގައި މަސައްކަތް ކުރައްވާ ހުރިހާ އަންހެނުން މުވައްޒަފުންވެސް އެކީ އެއްބައެއް ވަންތަކަމާއެކު އަތްތައް ގުޅައިގެން މަސައްކަތް ކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. ރޭގެ ހަފުލާގައި ވާހަކަ ދެއްކި "ކަނބަލުންގެ ވާހަކަތަކުން އެނގިގެން ދިޔައީ މިނިސްޓްރީއަކީ އަންހެނުންނަށް ފަހި ފުރުޞަތުތަކެއް އޮތް ތަނެއްކަން. މި މުއައްސަސާގެ ތެރެއިންވެސް ކަނބަލުންގެ ބާރުވެރިކަން އިތުރު ކުރުމާއި، ހުނަރު ވެރިކަން އިތުރުކުރުމަށް ފުރުސަތު އޮތްކަން އަޅުގަނޑުމެންނަށް އެނގިގެން ދިޔަ ރެޔެއް މިރެޔަކީ،" މިނިސްޓަރ ވިދާޅުވިއެވެ. ރޭ އޮތް މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ އަންހެނުންގެ ހިންގުންތެރިކަމާއި، މުޖުތަމަޢުގައި އަންހެނުންގެ ބާރުވެރިކަމާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.  

ގުޅުންހުރި ޚަބަރު