ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ހިތްވަރުގަދަ އެކްޓިވިސްޓު ޖައުހަރީ ނިޔާވެއްޖެ
ޚަބަރު

ހިތްވަރުގަދަ އެކްޓިވިސްޓު ޖައުހަރީ ނިޔާވެއްޖެ

އއަހުމަދު މުހައްމަދު1 އޮކްޓޯބަރު 2024
މާލޭ އުސްފަސްގަނޑާދިމާ ކަނޑުމަތީން މަރުވެފައި އޮއްވައި މިއަދު ފެނުނީ އެމްޑީޕީން އިސްލާހީ ހަރަކާތް އެންމެ ގަދައަށް ކުރިއަށް ގެންދިޔަ ދުވަސްވަރުގެ ހަރަކާތްތެރިއެކެވެ. އެއީ ހެންވޭރު ވެލަސްފަރުގެ، އިބްރާހީމް ޖައުހަރީ (ޖޯރޭ) އެވެ. އޭނާގެ އުމުރަކީ ފަސްދޮޅަސް ދެ އަހަރެވެ. ފުލުހުން ބުނެފައިވަނީ މޮި ހާދިސާގެ ރިޕޯޓު ފުލުހަށް ލިބިފައިވަނީ މިއަދު ހަވީރު ފަސްގަޑިހައެއްގައި ކަމަށެވެ. ފުލުހުންށް އެރިޕޯޓު ލިބުމުން އެސަރަހައްދަށް ގޮސް އޭނާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިއައެވެ. ހަސްފަތާލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމުގެ ހިތާމަވެރި ޚަބަރު ޑޮކްޓަރުން ވަނީ ފުލުހުންނަށް ދީފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އެންމެފަހުން ޖޯރޭ ފެނިފައިވަނީ މަސްބާނަން ހުއްޓައި ކަމަށެވެ. އުސްފަސްގަނޑާ ދިމާ ގޮނޑުދޮށުން ފުލުހުންވަނީ ޖޯރޭ އާ ގުޅުންހުރި ކަމަށް ބެލެވޭ ބައެއް ސާމާނުވެސް ހޯދައިފައެވެ. އޭގެ ހިމެނެނީ ބާލިދިއަކާއި ކޮތަޅެކެވެ. އޭގައި ހުރީ މަސްބާނަން ބޭނުންކުރާ ބުޅިއާއި އެން ކަމަށް ވެސް އެނގިފައިވެއެވެ. ޖޯރޭ ނިޔާވުމުން އެމްޑީޕީންވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔައިފައެވެ. އަދި ކެތްތެރިވުމަށްބުނެ އާއިލާއަށް އެޕާޓީން ވަނީ ހިތްވަރު ދީފައެވެ. ޖޯރޭއަކީ އިސްލާހީ މަސައްކަތުގައި އިސްކޮށް އުޅުނު ހިތްވަރުގަދަ ހިދުމަތްތެރި އެކްޓިވިސްޓެއް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު