ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
އީރާނަށްދޭ ހަމަލާތައް ވެސް ސަރުކާރުން ކުށްވެރިކޮށްފި
ޚަބަރު

އީރާނަށްދޭ ހަމަލާތައް ވެސް ސަރުކާރުން ކުށްވެރިކޮށްފި

މމުހައްމަދު އަލީ11 މާރިޗު 2026
ދިވެހި ސަރުކާރުން ހަފްތާއެއްހާ ދުވަސް ވަންދެން ވިސްނެވުމަށްފަހު ގަލްފުގައި މިހާރު ހިނގަމުންދާ ހަނގުރާ ކުށްވެރިކޮށްފައިވެ. ދިވެހި ޚާރިޖިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އިސާރާއީލާއި އެމެރިކާ ގުޅިގެން އިސްވެ އީރާނަށް ދިން ހަމަލާ ކޮށްވެރި ކޮށްފައެވެ. އަދި އަންހެނުން ކުދިންތަކެއް އުޅޭ ސްކޫލަކަށް ހަމަލާދީ 160 ވަރަކަށް ކުދިން ޝަހީދުކޮށްލާފައިވާތީ އެކަމަ ހިތާމަ ކުރައްވާ ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ. ޚާރިޖިއްޔާގެ ބަޔާނުގައި ވިދާޅުވެފައިވަނީ ބަދަލު ހިފުމުގެ އެއްވެސް އަމަލެއް ނުހިންގައި ތިބި ގަލްފުގެ ބައެއް ގައުމުތަށް ކަމަށްވާ ސަޢުދީއާއި، ޔޫއޭއީއާއި، ޤަތަރާއި ކުވެއިތާއި، ބަހުރައިނު ފަދަ ގައުމުތަކަށް އާމާޒުކޮށް އީރާނުންދީފައިވާ ހަމަލާތައް ވެސް ސަރުކާރުން ވަނީ ކޮށްވެރިކޮށްފައެވެ. ގަލްފު ސަރަހައްދުގެ ވައިގެ ބަނދަރުތަކާއި ތެޔޮކާރުޚާނާތަކާއި އާންމުން ދިރިއުޅޭ ތަންތަނަށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފު  ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ. ގަލްފުގައި މިހާރުކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ނުތަނަވަސްކަން އުފެދި އެސަރަހައްދުގެ އަމާންކަން ގެއްލިފައިވާ ކަމުގައި ވެސް ވިދާޅުވެފައިވެއެވެ. މި ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހައިގެ ފުރުސަތު ވެސް ދަނީ ހަނިވަމުން ކަމަށް ވިދާޅުވެފައިވެއެވެ. އެހެން ކަމުން ސުލްހައަށްޓަކައި ވެސް ހުރިހާ ގައުމުތަކުން ހަނގުރާމަ ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ. ގަލްފަށް ސުލްހައާއި ހަމަޖެހުން ގެނައުމަށް ބައިނަކްއަގުވާމީ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށްވެސް ރާއްޖޭގެ ސަރުކާރުން ވަނީ ގޮވާލައިފައެވެ. މި ހަނގުރާމަ ފެށުނީ ފެބުރުވަރީ އަށާވީސް ވަނަ ދުވަހު އިސްރާއީލުން އިސްވެ އީރާނަށް ހަމަލާދިން ހިސާބުންނެވެ. އެ ހަމަލާގައި އީރާނުގެ އެންމެ މަތީވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ޝަހީދުވެފައެވެ. އެހިސާބުން އީރާނުންވަނީ ބަދަލު ހިފާނޭ ކަމަށް ބުނެ ހަނުރާމަ ފަށައިފައެވެ. ގަލްފުގައިހުރި އެމެރިކާގެ މިލިޓަރީ މަރުކަޒުތަކާއި ލާޑަރުތަކާއި އެމީހުންގެ މަސްލަހަތު އޮންނަ އެހެން ތަންތަނަށް ވެސް އީރާނުގެ ހަމަލާތައް ވަނީ ދިފައެވެ. މި ހަމަލާތަކުގައި ދެކޮޅަށް ވެސް އެތައް ގެއްލުމެއްދަނީ ވަމުންނެވެ.

ގުޅުންހުރި ޚަބަރު