ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އަންހެނުންގެ "ވީރު" ހުޅުމާލެއަށް!
ޚަބަރު

އަންހެނުންގެ "ވީރު" ހުޅުމާލެއަށް!

ޟޟަމްރަތު އަހްމަދު1 އޮކްޓޯބަރު 2024
ހުޅުމާލޭގައި ދިރިއުޅޭ އަންހެނުންނަށް އުފާވެރި ޚަބަރެކެވެ. މަޝްހޫރު ޖިމް "ވީރު" ގެ ގޮތްޕެއް ހުޅުމާލޭގައި ހުޅުވައިފިއެވެ. ކަސްރަތު ކުރަން މާލެއަށް ތިޔަކުރާ ދިގު ދަތުރު ނިމުމަކަށް ގެންނަންޖެހޭ ވަގުތު އައީއެވެ. މިއީ އެކި އުމުރުގެ އަންހެނުންނަށް ހާއްސަކޮށްގެން ހުޅުވާފައިވާ ޖިމެކެވެ. މި ޖިމް ހުންނަނީ ހުޅުމާލޭ ފޭސް އެކެއްގައެވެ. ހަލަވެލި މަގުގައެވެ. ޖިމަށް ދާންވީ ކީއްވެ؟ އެއީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށެވެ. ކަސްރަތީ ރީތި ހަށިގަނޑެއްގެ ވެރިއަކަށްވުމަށެވެ. ގައިގައި ހުންނަ ތަދުތައް ފިލުވައިލުމަށެވެ. މިހުރިހާކަމެއް "ވީރު" އިންވާނެއެވެ. މިކަންކަން ކޮށްދިނުމަކީ ވީރުގައި މަސައްކަތް ކުރާ ކޮލިފައިޑް ޓްރެއިނަރުންނަށް ލިބޭ އުފަލެކެވެ. ބޭނުންވަނީ ދެފަރާތުންގެ އެއްބާރުލުމެވެ. އަންޑަސްޓޭންޑިންއެވެ. ހިދުމަތްތައް ވީރު ހުޅުމާލޭ ގޮފީން މީހާރު އެކި ވައްތަރުގެ ކަސްރަތުތައް ކުރެވޭނެއެވެ. ޕާސަނަލް ޓްރެއިނަރަކު  ހަޔަރ ކޮށްގެން ކަސްރަތު ކުރެވޭނެއެވެ. ބޭނުމިއްޔާ ޕާސަނަލް ޓްރެއިނަރެއްގެ އެހީތެރި ކަމާނުލާ އަމިއްލައަށް ވެސް ކަސްރަތު ކުރެވޭނެއެވެ. އެފަދަ މީހުން ކަސްރަތު ކުރަންވާގޮތް ލިޔެފައިވާ ފައިލެއް ވީރުގައި އޮނާނެއެވެ. އެ ބަލައިގެން ކަސްރަތު ކުރަންވީއެވެ. ބޭނުމިއްޔާ ފުލޯ ޓްރެއިނަރުންގެ އެހީތެރިކަމާއި މަދަދު ހޯދިދާނެއެވެ. ޖިމް ހުޅުވިފައި ހުންނަ ހުރިހާ ގަޑިތަކެއްގައި ފޮލޯ ޓްރެއިނަރުން އުޅޭނެއެވެ. ވީރުގައި ރީހެބް ޓްރެއިނަރުންވެސް ހަރަކާތްތެރިވާނެއެވެ. ލިބިފައިވާ އަނިޔާއަކުން ރިކަވަރ ވުމަށްޓަކައި ރީހެބް ޓްރެއިނަރުންގެ އެހީތެރިކަން ހޯދިދާނެއެވެ. ހުޅުވިފައި ހުންނަ ގަޑިތައް ވީރު-ހުޅުމާލޭ ހުޅުވިފައި ހުންނާނީ ކޮންމެދުވަހެއްގެ ފަތިހު ފަސްގަޑިބައިން، ހެނދުނު އެގާރައަށެވެ. މެންދުރުފަހު އެކަކުން ފެށިގެން ރޭގަނޑު ދިހައަކަށެވެ. ހުކުރު ދުވަސް ބަންދުވާނެއެވެ. ޖިމް ހުޅުވާފައި ހުންނަ ކޮންމެގަޑިއެއްގައި އައިސް ކަސްރަތު ކުރެވޭނެއެވެ. ފުލޯ ޓްރެއިނަރުންގެ އެހީތެރިކަން ލިބޭނެއެވެ. ރަޖިސްޓްރީވާން ހަދާނީ ކިހިނެއް؟ ތިޔައީ އެއްވެސް ކަމެއްނޫނެވެ. ހުޅުވާފައި ހުންނަ ކޮންމެ ވަގުތެއްގައި އަންނަންވީއެވެ. އައިސް ރަޖިސްޓްރޭޝަން ފޯމް ފުރާލީމައި ވަގުތުން އެކަން އެނިމުނީއެވެ. ބޭނުންވަނީ އެއަށްވުރެ ފަސޭހަގޮތެއް ހެއްޔެވެ؟ ހޮޓުލައިން ނަންބަރު 9399994 އަށް ގުޅާލާއިރަށް އެކަންވީއެވެ. ރަޖިސްޓްރީ ވުމަށްފަހު އެމީހަކު ބޭނުންވާ ގަޑިއެއްގައި ކަސްރަތުކުރަން އަންނަންވީއެވެ. ބޭނުމިއްޔާ ކުރީބައިގައި ޓްރެއިނަރަކާއެކު ސެޝަނެއް ބުކް ކުރެވިދާނެއެވެ. ވީރު މުހިންމުވަނީ ކީއްވެ؟ މިއީ ސުވާލެއްވެސް އޮތްކަމެއް ނޫނެވެ. އެހެންނަމަވެސް ބުނެދޭނަމެވެ. ވީރު މުހިންމުވަނީ މިއީ އަންހެނުންނަށް ހާއްސަ ޖިމަކަށްވީމައެވެ. ޓްރެއިނަރުންނަށް އަންހެނުން ތިބުމަކީ ވީރު މުހިންމާ އެއް ސަބަބެވެ. ޓްރެއިނަރުންނަކީ ތަމްރީން ހޯދާފައިވާ ތަޖުރިބާކާރު ޒުވާނުންނެވެ. މިޖިމުގައި ޕްރައިވެސީ އޮންނާނެއެވެ. ހާސްވެ ޖެހިލުންވާންޖެހޭ އެއްވެސް ކަމެއްނޯންނާނެއެވެ. މިތަނުގައި މަސައްކަތްކުރާނީ ހިތްތިރި ކަމާއި އޯގާތެރިކަމާއެކު މުއާމަލާތް ކުރަންއެނގޭ ހިތްހެޔޮ މީހުންނެވެ. ކަމެއް އޮޅުންފިލުވަން ބޭނުމިއްޔާ ޖެހިލުންވާނޭ ކަމެއްނެތެވެ. ބުނެލީމާ އެވީއެވެ. މިއަދަށް ހާއްސަ އޮކޮޓޯބަރ ފުރަތަމަ ދުވަހަކީ ފުރަތަމަ ފަހަރަށް ވީރު-ހުޅުމާލޭގައި ބޫޓު ކޭންޕެއް ފަށާ ދުވަހެވެ. އެ ކޭންޕުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މިހާރުވެސް ފުރުސަތު އޮތީ ހުޅުވާލެވިފައެވެ. މި ޖިމުން ބޭނުންވަނީ ގުޅިގެން މަސައްކަތްކުރާށެވެ. އެކުވެރިކަމާއެކު މަސައްކަތްކުރާށެވެ. އޯގާތެރިކަމާއެކު މަސައްކަތް ކޮށްގެން ނަތީޖާ ނެރުމަކީ އެންމެބޮޑު އެއް އަމާޒެވެ. ވީރަށް އައިސް ވީރަކަށް ވީރުގެ މާނަ އެނގޭހެއްޔެވެ؟ އެއީ "އާދަޔާ ހިލާފަށް ބާރުގަދަ ގަދަފަދަ މީހާ" އެވެ. އެއީ ބަތަލެވެ. އެހެން ވީމާ ވީރަށް އައިސް ވީރަކަށް ވާންވީއެވެ.  

ގުޅުންހުރި ޚަބަރު