ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ހަނގުރާމަ ހިނގާ ސަރަހައްދުގައިއުޅޭ ދިވެހީންގެހާލު މިދަނީ ބަލަމުން: ޚަލީލް
ޚަބަރު

ހަނގުރާމަ ހިނގާ ސަރަހައްދުގައިއުޅޭ ދިވެހީންގެހާލު މިދަނީ ބަލަމުން: ޚަލީލް

ޟޟަމްރަތު އަހްމަދު13 މާރިޗު 2026
ހަނގުރާމަ ހިންގަމުންދާ ސަރަހައްދުގައި އުޅެމުންދާ ދިވެހީންގެ ހާލު، އިޒްރޭލުން އިސްވެ އީރާނަށް ހަމަލާދިން ދުވަހުން ފެށިގެން، ސަރުކާރުން ބައްލަވަމުން ގެންދަވާ ކަމަށް ރާއްޖޭގެ ޚާރިޖީވަޒީރު އަދި ހަނގުރާމައާ ގުޅިގެން ރައީސް ޑރ. މުއިއްޒު އެކުލަވާލައްވާފައިވާ ކޮމިޓީގެ ޗެއަރމަން ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ހަނގުރާމަ ފެށުނުކަން އެނގިވަޑައިގަތުމާއެކު އެސަރަހައްދުގައި އުޅޭ ދިވެހީންގެ ހާލު ބައްލަވައި އެމީހުންނަށް ބޭނުންވާކަންކަން ކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ހަނގުރާމަ ހިނގަމުންދާ ސަރަހައްދު ދޫކޮށް ދާން ބޭނުންވި ފަރާތްތަކަށް އެކަން ކޮށްދެއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެސަރަހައްދު ދޫކޮށްދާން ބޭނުންވި މަންޒިލަށް އެކަށް އެދުނު ދިވެހީންނަށް މިހާރު ދެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދިމާވެދާނޭ އިގްތިސާދީ މައްސަލަތަކުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ސަރުކާރުން ދަނީ ކުރައްވަމުން ކަމަށެވެ. އެކަމަށްޓަކައި ވާހަކަ ދައްކަންޖެހޭ ގައުމުތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. ރާއްޖެއަކީ ތެލަށް ބަރޯސާވެފައިވާ ގައުމަކަށްވާތީ ރާއްޖެއަށް ދަތިނުވެ ތެޔޮ ލިބޭނޭގޮތް ހޯއްދެވުމުގެ މަސައްކަތް ވެސް ކުރައްވާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖެއަށް ތެޔޮ ހޯދުމަށް ވަކި ގައުމަކަށް ބަރޯސާ ނުވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިހާރު ހިނގަމުންދަ ހަނގުރާމައިގައި ބޭނުން ކުރަން ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ފަރާތަކަށް ނުދެއްވާނޭ ކަމަށެވެ. އެފަދަ ހުށަހެޅުތަކަށް ވާނީ ނޫނެކެ ވިދާޅުވެ ދެކޮޅު ހައްދަވާފައި ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން އަބަދުވެސް އިސްކަން ދެއްވާނީ ހަމަޖެހުމާއި ސުލްހައާއި އިގްތިސާދީ ހަމަޖެހުމަށް ކަމަށެވެ.  

ގުޅުންހުރި ޚަބަރު