ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ދިގުރަށު ހާދިސާ: އަލީފާން ރޯވީ ގޭސް ލީކުވެގެން
ޚަބަރު

ދިގުރަށު ހާދިސާ: އަލީފާން ރޯވީ ގޭސް ލީކުވެގެން

މމުހައްމަދު އަލީ13 މާރިޗު 2026
އދ. ދިގުރަށުގެ ބިދޭސީން އުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ރޯވީ ގޭސްލީކުވެގެން ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެރަށު ކައުންސިލާ ހަވާލާދީ ބައެއް ނޫސްތަކުން ވަނީ މިކަން ރިޕޯޓުކޮށްފައެވެ. މިހާދިސާގައި އަށް ބިދޭސީއަކަށް އެކިވަރުގެ އަނިޔާލިބުނެވެ. އޭގެ ތެރެއިން ފަސްމީހަކު ވަނީ ނިޔާވެފައެވެ. ހާލު ސީރިއަސްވި ދެމީހަކަށް އިތުރުފަރުވާ ދިނުމަށް މިހާރުވަނީ މާލެ ގެނެސްފައެވެ. އަނެއްމީހާއަށް ފަރުވާދެމުންދަނީ ދިގުރަށު ސިއްހީމަރުކަޒުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެތަނުގައި ދިރިއުޅެމުންއައީ ޖުމްލަ ކިތައް މީހުންކަމެއް އެނގިފައެއް ނުވެއެވެ. މި ހާދިސާގެ ތަހުގީގަށް ފުލުހުންގެ ޚާއްސަޓީމެއް މިހާރުވަނީ މާލެއިން އެރަށަށް ގޮސްފައެވެ. އެޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނެއެވެ. ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށްގެން ފުލުހުން ގެންދަނީ ތަހުގީގުގެ މަސައްކަތް ކުރަމުންނެވެ. މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2:00 ގައެވެ. މި ހާދިސާ ހިނގުމުން ރާއްޖޭގެ ހިޔުމަންރައިޓްސް ކޮމިޝަނުން ވެސް ވަނީ މައްސަލަ ބަލަން ފަށައިފައެވެ.  

ގުޅުންހުރި ޚަބަރު