ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
މަރުވެފައި އޮއްވައި ފެނުނު މީހާ ދެނެގަތުމަށް އާންމުންގެ އެހީއަށް އެދެފި
ޚަބަރު

މަރުވެފައި އޮއްވައި ފެނުނު މީހާ ދެނެގަތުމަށް އާންމުންގެ އެހީއަށް އެދެފި

ޟޟަމްރަތު އަހްމަދު14 މާރިޗު 2026
އައްޑޫ ސިޓީ، ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވައި ފެނުނު މީހާ ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިވަޑައިގެންފިއެވެ. އެމީހާ ފެނިފައިވަނީ 2026 މާރިޗު 13 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ފުލުހުންނަށް މި ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހާގެ ހަށިގަނޑު ވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރަމުގެ މަސައްކަތް ދަނީ ކުރައްވަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. މަރުވެފައިވާ މީހާއަކީ ބޭރު ގައުމަކަށް ނިސްބަތްވާ މީހެއްކަމަށް ބެލެވެއެވެ. އެއީ ދޮން ނަސްލުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. "އޭނާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. އަދި އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ މިސިންގ ޕަރސަންސް ރިޕޯޓެއް ވެސް މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވެއެވެ." "ވީމާ، މި މީހަކީ ކާކުކަން ދެނެގަތުމަށް އެހީތެރިވެދެވޭނެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، ނުވަތަ، އެ ސަރަހައްދުގައި، ނުވަތަ ގެސްޓް ހައުސްއެއްގައި ނުވަތަ ރިޒޯޓެއްގައި ނުވަތަ ސަފާރީ އެއްގައި އުޅޭ ޓްއަރިސްޓެއް ނުވަތަ ބިދޭސީއެއްގެ ޚަބަރެއް ނުވެގެން އުޅޭނަމަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުން ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު