ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޕީޖީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ޚަބަރު

ޕީޖީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އއަހުމަދު މުހައްމަދު1 އޮކްޓޯބަރު 2024
ޕީޖީ އޮފީހުގައި ހުރި އެކިއެކި މައްސަލަތަކާބެހޭގޮތުން ޕްރޮސިކިއުޓަރޖެނެރަލް އައްބާސް ޝަރީފަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ޕްރޮސިކިއުޓަރޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވި ފަހުން ބޭއްވި ފުތަރަތަމަ ނިއުސް ކޮންފަރެންސްގައި، އައްބާސް ޝަރީފް މިއަދު ވިދާޅުވީ، އެ މަގާމާ ހަވާލުވެ ވަޑައިގަތުމުން، އެކި ގޮތްގޮތަށް ވަރަށް ގިނަ ފަރާތްތަކުން ޝަކުވާތައް ހުށަހަޅަމުން ގެންދާ ކަމަށެވެ. އެގޮތުން ސިޓީންނާއި އީމެއިލާއި، އެސްއެމްއެސްގެ އިތުރުން ފޯނުކޮށްގެން ވެސް މައްސަލަތަކާބެހޭ ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށް އައްބާސް ވިދާޅުވިއެވެ. އެހެންކަމުން އެ ޝަކުވާތަކާއި އެކި ފަރާތްތަކުން ފާހަގަކުރަން ބޭނުންވާ އެހެނިހެން ޝަކުވާތައް ޕީޖީ އޮފީހަށް ރަސްމީކޮށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވައިލެއްވީ ކަމަށް އައްބާސް ވިދާޅުވިއެވެ. "މި ނިންމީ އެހުރިހާ ޝަކުވާއަކާއި އަދި އެނޫންވެސް ހުރި ޝަކުވާތައް ފޯމަލައިޒްކޮށްފައި މި އޮފީހުގެ ސިސްޓަމްގެ ތެރެއިން ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް މިއަދުން ފެށިގެން 20 ދުވަހުގެ މުއްދަތަށް ހުޅުވާލަން، މިހާރު ސިސްޓަމުގެ ތެރެއިންޝަކުވާ ހުށަހެޅޭނެ ގޮތް ހުންނާނީ ހަމަޖެހިފަ އެހެންވީމަ ވެބްސައިޓްތެރެއިން ވެސް ޝަކުވާ ހުށަހެޅޭނެ، އޭގެ އިތުރަށް ޕީޖީ އޮފީހުގެ ކޮންމެގޮތްޕަކަށް ވަޑައިގެންނެވިޔަސް މި އޮފީހަށް ވަޑައިގެންނެވިއަސް ރަސްމީކޮށް ޝަކުވާ ހުށަހެޅޭނެ،" ޕީޖީ ވިދާޅުވީ، އެ ޝަކުވާތަކުގައި އެ އޮފީހަށް ހުށަހަޅާ މައްސަލަތައް، ވަކި ވަކިން ބެލުމަށްޓަކައި ޕީޖީ ހިމެނޭގޮތުން ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާނެ ކަމަށެވެ. "އެހެންކަމުން ކޮންމެ މައްސަލައެއް ހުށަހަޅާއިރު އެ މައްސަލަ ރިވިއު ކުރަންވީ ކީއްވެގެންތޯ، ރަނގަޅަށް ސާފުކޮށް ކިޔައިދޭންވާނެ،" ޕީޖީ ވިދާޅުވިއެވެ. އެހެންވީމާ މައްސަލައެއް ރިވިއުކުރަންޖެހޭ ސަބަބުތައް ރަނގަޅަށް ސާފުކޮށް އެނގޭ ގޮތަށް މައްސަލަ ހުށަހެޅުމަށް ޕީޖީ އެދިވަޑައިގެންނެވިއެވެ. "އެއްވެސް މައްސަލައަކާ ގުޅިގެން ކުރީގައި މި އޮފީހުން ނިންމަވާފައިއޮތް ނިންމެވުމެއް ބަދަލުކުރާ ކަމަށްވަންޏާ އަޅުގަނޑު އެއަށް ބަދަލު ގެންނަން އަޅުގަނޑު ނިންމައިފި ހާލަތެއްގައި އެ މައްސަލައެއްގައި ޑިޒިޝަން ބަދަލުކުރީ ކީއްވެގެންކަން އަޅުގަނޑު ޕަބްލިކްގައި ބުނެދޭނަން، އެ ސަބަބު އަޅުގަނޑު ކިޔައިދޭނަން، ކީއްވެގެންކަން،" ބަދަލު ނުކުރާ އެ މައްސަލަތައް އެ މައްސަލަތައް ހުށަހެޅުއްވި ބޭފުޅުންނަށް އަންގަވާނެ ކަމަށްވެސް ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު