ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ހަނިމާދޫ ބިން ދޫކުރުމާ ގުޅޭގޮތުން ރަށު ކައުންސިލްގެ ކަންބޮޑުވުންތަކެއް
ޚަބަރު

ހަނިމާދޫ ބިން ދޫކުރުމާ ގުޅޭގޮތުން ރަށު ކައުންސިލްގެ ކަންބޮޑުވުންތަކެއް

މމުހައްމަދު އަލީ18 މާރިޗު 2026
ހދ. ހަނިމާދޫ ބިން ދޫކުރުމާ ގުޅޭގޮތުން ރަށު ކައުންސިލްގެ ކަންބޮޑުވުންތަކެއް ފުލުހުންނަށް ހުށަހަޅައިފިއެވެ. ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައިފައިވާ ކަމަށެވެ. އެކަން ބެލުމުން އެނގިގެންދިޔައީ "މިއީ އެ މަސައްކަތުގެ މަސްއޫލިއްޔަތު އޮތް ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ހިނގާފައިވާ އިދާރީ މުއާމަލާތްތަކަކާ ގުޅުންހުރި ކަމެއް ކަމެވެ. އަދި މިހާތަނަށް ބެލިބެލުމުން މިކަމުގައި ޖިނާއީ ކުށެއް އެކުލެވިގެންވާކަން ފާހަގަކުރެވިފައެއް ނުވެއެވެ."މިކަމާ ބެހޭ ތަފްސީލެއް ފުލުހުން ނުދެއްވައެވެ. އެހެންކަމުން، މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް ވާނީ އިރުޝާދު ދީފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު