ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
މ. ކައިރުގޭގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަދަނި
ޚަބަރު

މ. ކައިރުގޭގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަދަނި

މމުހައްމަދު އަލީ19 މާރިޗު 2026
މާފަންނު "ކައިރުގޭ" ގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މިއީ މާފަންނު ތައިބާ މިސްކިތް ކައިރިގައި ހުންނަ ގެއެކެވެ. ރޯވެފައިވަނީ އެގޭގައި ހުންނަ "ޕްރައިމް ގުދަން1" ގައި ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދެއްވައިފައެވެ. ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފްގެ "އެފްއާރުއެސް" އިންދަނީ ކުރަމުންނެވެ. އަލިފާން ނިއްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ގެންދަވަނީ ބައިވެރިވަމުންނެވެ. ރޯވި ގުދަނުގައިހުރީ ގަސްކާނާއާއި ކެމިކަލް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް އެސަރަހައްދުގެ ބައެއް ގޭގެއިން މީހުން ހުސްކޮށްފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އެމްއެންޑީއެފުން ވިދާޅުވީ މިކަމުގެ މައުލޫމާތު ލިބޭވަރަކުން ހިއްސާ ކުރައްވާނޭ ކަމަށެވެ.

ގުޅުންހުރި ޚަބަރު