ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ވޯޓަރސް ލިސްޓުގައި ސޮއިކުރިން ސޯޝަލް ސެންޓަރުގައި ފަށައިފި
ޚަބަރު

ވޯޓަރސް ލިސްޓުގައި ސޮއިކުރިން ސޯޝަލް ސެންޓަރުގައި ފަށައިފި

މމުހައްމަދު އަލީ19 މާރިޗު 2026
އިންތިޚާބާބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު ކެންޑިޑޭޓުންގެ ފަރާތުން ވޯޓަރސް ލިސްޓުގައި ސޮއި ކުރުން މެދު ކަނޑާލުމަށްފަހު އަލުން ފަށައިފިއެވެ. މި މަސައްކަތް އަލުން ފަށައިފައިވަނީ ސޯޝަލް ސެންޓަރުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އިސީން ވިދާޅުވެފައިވަނީ އެކޮމިޝަނުން ބޭނުންވީ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް އިންތިޚާބީ މަސައްކަތްތައް ތާވަލާއެއްގޮތަށް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށެވެ. "މިވަގުތުވެސް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ފެށިގެން ކުރިއަށްދާކަމުގައި ދަންނަވަން،"

ގުޅުންހުރި ޚަބަރު