ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ރައީސް ޑރ. މުއިއްޒު ޗައިނާއަށް ޔަގީންކަން ދެއްވައިފި
ޚަބަރު

ރައީސް ޑރ. މުއިއްޒު ޗައިނާއަށް ޔަގީންކަން ދެއްވައިފި

އއަހުމަދު މުހައްމަދު2 އޮކްޓޯބަރު 2024
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވަމުން ދާނެ ކަމުގެ ޔަގީންކަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ދެއްވައިފިއެވެ. ޗައިނާގެ ޗައިނާގެ ހަތްދިހަ ފަސްވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެގައުމުގެ ރައީސް ޝީ ޖިންޕިންގްއަށް ފޮނުވި ސިޓީގައި ރައީސް ވިދާޅުވެފައިވަނީ މިފަދަ ކުރިއެރުންތަކުގެ ސަބަބުން ދެ ގައުމަށްވެސް ފައިދާކުރަނިވި ހެޔޮ ބަދަލުތަކެއް ލިބެމުން ދާނޭ ކަމަށެވެ. އެސީޓިގައި ރައީސް ވަނީ "ވަން-ޗައިނާ ޕޮލިސީ" އަދި، ދެ ގައުމު ހިއްސާކުރާ ދޭދޭ މަސްލަޙަތު ހިމެނޭ ކަންކަމާ، އިސްތިގުލާލީ ހަމަހަމަކަމާއި، ސަރަޙައްދީ އިސްތިގުލާލު ދެމެހެއްޓުމާއި ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ބައެއްގެ ނުފޫޒު ފޯރުވުމާ ދެކޮޅު ސިޔާސަތަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ތަކުރާރުކޮށް ހާމަކުރައްވައިފައެވެ. ރައީސް ވަނީ ޗައިނާގެ ރައީސްގެ އިތުރުން އެގައުމުގެ ބޮޑުވަޒީރު ލީ ޗާންގްއަށް ވެސް ސިޓީއެއް ފޮނުވައިފައެވެ. އެސިޓީގައި ރައީސް ވިދާޅުވެފައިވަނީ ރާއްޖެއާއި ޗައިނާގެ މަސްލަޙަތު އޮތް ހުރިހާ ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެއިން ވެފައިވާ ވަޢުދު ދަމަހައްޓަވާނޭ ކަމަށެވެ. މިއީ ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވާ ވާހަކަފުޅެކެވެ. ދެ ގައުމުގެ މެދުގައި މިހާރުވެސް އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް އަދި މިގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ޗައިނާގެ ބޮޑުވަޒީރަށް ދެއްވައިފައެވެ. ޗައިނާގެގައުމީ ދުވަހުގެ މުނާސަބަތުގައި، އެގައުމުގެ ރައީސް ޝީ ޖިންޕިންގްއަށާއި، ބޮޑުވަޒީރު ލީ ޗާންގްއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަނީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ. ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަނީ، 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުގެ މުނާސަބަތުގައެވެ.

ގުޅުންހުރި ޚަބަރު