ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
މާދަމާއަކީ ފިޠުރު ޢީދު ދުވަސް: ޢީދު މުބާރިކު
ޚަބަރު

މާދަމާއަކީ ފިޠުރު ޢީދު ދުވަސް: ޢީދު މުބާރިކު

ހިރި ނިއުސްހިރި ނިއުސް19 މާރިޗު 2026
މާދަމާ (ހުކުރު ދުވަސް) އަކީ 1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ރޭ ކަނޑައަޅުއްވައިފިއެވެ. އެމިނިސްޓްރީން މިގޮތަށް ކަނޑައަޅާފައިވަނީ މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ރޭ ބޭއްވި ޖަލްސާގައެވެ. އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ސޮއިކުރައްވާފައިވާ ހަނދާ ބެހޭ ބަޔާނުގައި ވިދާޅުވެފައިވަނީ، "ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29، (މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 18)ވީ ބުދަ ދުވަހުގެ އިރުއޮއްސުމުގެ ފަހުން؛ ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނުނުކަން، ޝަރުޢީ ހަމަތަކުން ސާބިތުނުވާތީއާއި، ދިވެހިރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތީގައި ނުހުންނާނޭކަމަށް، އިތުބާރުހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާތީއާއި، އިސްލާމީ އެއްވެސް ޤައުމަކަށް ވެސް 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނުނުކަމުގެ މަޢުލޫމާތު ރަސްމީ ގޮތުން ލިބިފައިނުވާތީ، ރަމަޟާން މަހާއި، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް، ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލުގައިވާ ގޮތުގެ މަތީން މާދަމާ، މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 19ވާ ބުރާސްފަތި ދުވަހަކީ، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި، މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 20 ވާ ހުކުރު ދުވަހަކީ، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ކަމުގައި ކަނޑައަޅުއްވާފައިވާކަމަށެވެ." ޝައްވާލް މަހުގެ ހަނދު ބަޔާން އިއްވެވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛާ ޙައްވާ ލަޠީފްއެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ މަތިވެރި އަޅުކަމަށްފަހު އަޅުގަނޑުމެން މުސްލިމުންނާ މާދަމާ ބައްދަކު ކުރާ އުފާވެރި ކުޑަޢީދުގެ ތަހުނިޔާއާއި މުބާރިކުބާދީ އެންމެހާ މުސްލމުންނަށް އެކިފަށްފަށުން ދަންނަވަމެވެ.

ގުޅުންހުރި ޚަބަރު