ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ބަންޑުން ޖަހާލި ލޯންޗަކުން ދެމީހަކު ގެއްލިގެން ހޯދަން ފަށައިފި
ޚަބަރު

ބަންޑުން ޖަހާލި ލޯންޗަކުން ދެމީހަކު ގެއްލިގެން ހޯދަން ފަށައިފި

މމުހައްމަދު އަލީ20 މާރިޗު 2026
ވ. ފެލިދޫ ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައި އެއިން ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ މި ހަދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މާރިޗު 19 ވަނަ ދުވަހުގެރޭ ދަންވަރު 1:15 އެހައިކަންހާއިރު ކަމަށެވެ. މިލޯންޗުން 7 މީހަކު ދަތުރުކުރިކަމަށް ފުލުހުން ވިދާޅުވިއެވެ. އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާއި، އިންޑިއާ އަށް ނިސްބަތްވާ 5 ފިރިހެނުންނެވެ. މި ހާދިސާގައި ލޯންޗުން ވިއްސައިގެންގޮސް މޫދަށް ވެއްޓުފައިވަނީ 5 މީހުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާއާއި އިންޑިއާގެ 4 ފިރިހެނުންނެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ 2 މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށް ފުލުހުން ވިިދާޅުވިއެވެ. މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުން،" ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު