ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ކަރަންޓާބެހޭ މަޝްވަރާއަށް ފެނަކައިން ފުރުސަތު ނުދިން: އިސްމާޢީލް
ޚަބަރު

ކަރަންޓާބެހޭ މަޝްވަރާއަށް ފެނަކައިން ފުރުސަތު ނުދިން: އިސްމާޢީލް

މމުހައްމަދު އަލީ20 މާރިޗު 2026
ފުވައްމުލަކު ސިޓީން ކަރަންޓު ކެނޑޭ މައްސަލައާ ބެހޭގޮތުން ފެނަކައާ ވާހަކަ ދައްކަން މަސައްކަތް ކުރުމުން އެކުންފުނީން އެކަމަށް ފުރުސަތު ނުދެއްވި ކަމަށް ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާޢީލް ރަފީގު ވިދާޅުވެއްޖެއެވެ. އޭނާ ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލާގައި އެކައުންސިލުން ފުރަތަމަ ވެސް ބައްދަލުކުރަން މަސައްކަތްކުރީ އެސިޓީގައި ހުންނަ ފެނަކަ އޮފީހުގެ ވެރީންނާ ކަމަށެވެ. އެހެންނަމަވެސް އެކަން ކުރެވޭނީ ފެނަކަ މާލޭ އޮފީސް ނުވަތަ ހެޑު އޮފީހުގެ ރުހުން ލިބިގެން ކަމަށް އެތަނުން ވިދާޅުވި ކަމަށް މޭޔަރު ވަނީ ލިޔުއްވާފައެވެ. "އިންޖީނުތައް އޯވަލޯޑުވެގެން ކަރަންޓު ކެނޑެން ފެށުމުން ކައުންސިލުން ފެނަކައާ ބައްދަލުކުރަން އިއްޔެ އެދުނު. ބޭނުމަކަށްވީ ކަރަންޓުގެ ހާލަތާ ގުޅޭ މައުލޫމާތު ހޯދައި އަދި އޯވަލޯޑުވުން ކުޑަކުރަން ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުން. ފެނަކަ ފުވައްމުލައް އޮފީހުން ބުނީ ބައްދަލު ކުރެވޭނީ މާލޭ އޮފީހުން އެކަމަށް ރުހުން ލިބިގެންކަމަށް. މާލޭ އޮފީހުގެ ވެރިއަކަށް ކައުންސިލުން ގުޅުމުން ވިދާޅުވީ ކައުންސިލާ ބައްދަލު ކުރަންޖެހޭފަދަ ހާލަތެއް ނެތްކަމަށް،" މޭޔަރު ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ ރަށުން ކަރަންޓުކެނޑި ރައްޔިތުންނަށް އުނދަގުލާއި ގެއްލުންތައް ވަމުންދިއުމަކީ ސިޓީ ކައުންސިލާ ބައްދަލު ކުރަންޖެހޭ ފަދަ ހާލަތެއްކަމަށް ކައުންސިލުން ގަބޫލުކުރައްވާ ކަމަށެވެ. ރަށުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކޮށް މައްސަލަތައް ހައްލުކުރަން ކައުންސިލުން އަބަދުވެސް މަސައްކަތްކޮށް އެއްބާރުލުން ދެއްވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެފަހުން ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ހުސްވި ރޯދަމަސް ފެށުމުގެ ކުރިން ނުވަތަ "ފެށެންވާއިރަށް" އެސިޓީގައި އިތުރު އިންޖީނެއް ބަހައްޓަވައި ދެއްވާނޭ ކަމަށް ވިދާޅވެފައި ކަމަށް އިސްމާޢީލް އެފްބީގައި ލިޔުއްވާފައި ވެއެވެ.  

ގުޅުންހުރި ޚަބަރު