ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ބަޓީކް އެއަރގެ ބޯޓެއްގައި ހަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރުކޮށްފި
ޚަބަރު

ބަޓީކް އެއަރގެ ބޯޓެއްގައި ހަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީ20 މާރިޗު 2026
ބަޓީކް އެއަރގެ މަތިންދާ ބޯޓެއްގައި ރާއްޖެއައި ދިވެހި ފިރިހެނަކު ބޯޓުތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދިވެހިފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވަނީ މިކަން ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. މިހާދިސާގެ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ. ބޯޓުގައި ހަމަނުޖެހުން ހިންގަން އޭނާ ކުރިކަމެއް ވެސް އަދި އެނގިފައެއް ނުވެއެވެ. އެހެންމަވެސް އޭނާގެ އަމަލުތަކުން ބޯޓުގެ ފަޅުވެރިންނާއި ބޯޓުގައި ދަތުރުކުރި ފަސިންޖަރުންނަށް ވެސް އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށް އެނގިފައިވެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެނެސްފައިވަނީ ރޭ ބަޓިކް އެއަރގެ ބޯޓު ވެލާނާއިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމުން އެއަރޕޯޓުން ކަމަށް ވެސް ވަނީ އެނގިފައެވެ. ފުލުހުން ގެންދަވަނީ މިމައްސަލަ ބަލަމުންނެވެ.

ގުޅުންހުރި ޚަބަރު