ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ކާޑެއްދޫއެއާޕޯޓު ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފައެއްނުވާނެ: ޚަލީލް
ޚަބަރު

ކާޑެއްދޫއެއާޕޯޓު ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފައެއްނުވާނެ: ޚަލީލް

ޟޟަމްރަތު އަހްމަދު21 މާރިޗު 2026
އީރާނަށް ހަމަލާ ދިނުމަށް ގދ. ކާޑެއްދޫ އެއަރޕޯޓު ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއަށް ވެސް އަދި އެހެން ބަޔަކަސް ވެސް ދީފައި ނުވާނޭ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ދރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. މިފަދަ ހުއްދައެއް އެމެރިކާއަށް ރާއްޖެއިން ދީފައިވާ ކަމަށް މީޑިއާގައި ފެތުރިފައިވާ ޚަބަރަކާ ގުޅިގެން "ހިރި" އިން ސުވާލު ދެންނެވުމުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ އެއީ "ދޮގެއް" ކަމަށެވެ. މީގެ ކުރިން އެމަނިކުފާނު ވިދާޅުވެފައިވަނީ އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ރާއްޖެގެ އެއްވެސް ވަސީލަތެއް ބޭނުން ކުރުމުގެ ހުއްދައެއް ނުދެއްވާނޭ ކަމަށެވެ. އެފަދަ ހުއްދައަށް އެދުމުން އެކަމަށް ނޫނެކޭ ވިދާޅުވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވަނީ ކުރިން ވެސް ވިދާޅުވެފައެވެ. ކާޑެއްދޫ އެއަރޕޯޓު ބޭނުން ކުރުމުގެ ހުއްދައަކަށް އެމެރިކާ ސަރުކާރުން އެދިވަޑައިގެންނެވި ކަމަށް ވެސް އަދި ނޫން ކަމަށް ވެސް ޑރ. ޚަލީލު ވިދާޅެއް ނުވެއެވެ. ވިދާޅުވީ އެއަރޕޯޓު ބޭނުންކުރަން ހުއްދަ އެއްވެސް ގައުމަކަށް ދެއްވާފައި ނުވާނޭ ކަަށެވެ. މިކަމާ ގުޅިގެން ދިވެހީން ބޮޑަށް ކަންބޮޑުވާން ފެށީ އީރާނަށް ހަމަލާ ދިނުމަށް ޑިއެގޯގާސިއާ ބޭނުން ކުރުމުގެ ހުއްދަ އިނގިރޭސީން އެމެރިކާއަށް ދިނުމުންނެވެ. އެއާއެކު އީރާނުން ވަނީ ޑިއެގޯގާސިއާގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަށް މިސައިލް ހަމަލާތަކެއް ފޮނުވާލައިފައެވެ.  

ގުޅުންހުރި ޚަބަރު