ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ސަރުކާރަށް ދެއަހަރުވީއިރު ފުވައްމުކަށް ކޮށްދިން ކަމެއްނެތް: ފައިސަލް
ޚަބަރު

ސަރުކާރަށް ދެއަހަރުވީއިރު ފުވައްމުކަށް ކޮށްދިން ކަމެއްނެތް: ފައިސަލް

ޟޟަމްރަތު އަހްމަދު21 މާރިޗު 2026
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ތިންވަނަ އަހަރު ކުރިއަށްދާއިރު ފުވައްމުލައް ސިޓީއަށް ކޮށްދެއްވި ތަރައްގީގެ އެއްވެސް ކަމެއްނެތް ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. މިއީ އެސިޓީ ސަރުކާރަށް މުހިންމު ނޫންކަން އަންގައިދޭ ހެއްކެއް ކަމަށް ވެސް ފައިސަލް ވިދާޅުވެފައިވެއެވެ. "ވެރިކަމުގެ ތިން ވަނަ އަހަރު މިސަރުކާރުން ގުނަމުންދާއިރު، އަދި މިހާތަނަށް އެއްވެސް ކަމެއް ފުވައްމުލަކުގެ ތަރައްޤީއަށް ކޮށްފައި ނެތުމަކީ މިރަށުގެ މުހިއްމު ކަމެއް ސަރުކާރަށް ނެތް ކަމުގެ ހެއްކެއް،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ފުވައްމުލަކުގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުވެސް މޭޔަރ އިސްމާއިލް ރަފީގާއި،ލޯކަލް ކައުންސިލް އިންތިޚާބާއި، އ.ތ.މ ކޮމިޓީއަށް ފުވައްމުލަކު ސިޓީގެ އެކި ދާއިރާތަކުން ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު އިތުރުކުރުމުގެ ގޮތުން، ދަޑިމަގޮ އަވަށުގައި ހުކުރުދުވަހުގެރޭ ބޭއްވި ކަންމަތީ ޖަލްސާއަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސާލް ވިދާޅުވެފައިވަނީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާމެދު އެ ސިޓީގެ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ. ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ނުވަތަ އެއްކޮށްލުމަކީ އޭގެ ސަބަބުން ތަރައްޤީގެ ކަންކަން އިތުރަށް ފަހަތަށްދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު