ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ގިރާވަރުފަޅުން ގޯތިދޭން ފެށޭނީ ޖޫންމަހު: ރައީސް
ޚަބަރު

ގިރާވަރުފަޅުން ގޯތިދޭން ފެށޭނީ ޖޫންމަހު: ރައީސް

ޟޟަމްރަތު އަހްމަދު22 މާރިޗު 2026
މިއަހަރު ޖޫންމަސްތެރޭގައި ގިރާވަރުފަޅުން ގޯތިދޭން ފެށޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެފަޅު ހިއްކުމުގެ މަސައްލަތް މިއަހަރު އެޕްރީލްމަސްތެރޭގައި ނިންމާލެވޭނޭ ކަށެވެ. ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިޔަށްދާ ކަމަށް ރައީސް ވަނީވިދާޅުވެފައެވެ. ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށުނު ރައީސް އިއުލާން ކުރެއްވީ މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ފަޅު ހިއްކުމުގެ މަސައްކަތުގައި ދެ ޑްރެޖަރުދަނީ ބޭނުން ކުރަމުންނެވެ. ރައީސް ކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުން ގޯތި ދެއްވާނީ ކަނޑަކުން ނޫން ކަމަށެވެ. ގޯތި ދެއްވާނީ ހިކިފަސް ތަނަކުން ކަމަށް ވިދާޅުވެފައިވެއެވެ. އެކަން އެގޮތަށް ކުރެއްވުމަށް ގިރާވަރުފަޅާއި ހުޅުމާލެ ފޭސް ތިނެއް ހިއްކާ ނިމުމުން ގޯތިދެއްވާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު