ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އައްޑޫ އަންހެނުން ވެގެންދާނީ ބަސްބުނުމުގެ ފުރުސަތު އޮތްބަޔަކަށް: އީން
ރިޕޯޓް

އައްޑޫ އަންހެނުން ވެގެންދާނީ ބަސްބުނުމުގެ ފުރުސަތު އޮތްބަޔަކަށް: އީން

މމުހައްމަދު އަލީ26 މާރިޗު 2026
އައްޑޫސިޓީ ފޭދޫ ފަރިމާގޭ، އާމީނަތު އީނާ ނަސީރު (އީން) ނުދަންނަ މީހަކު އައްޑޫސިޓީގައި މިހާރު މަދުވާނެއެވެ. އެއީ ސިޓީގެ ޑަބްލިޔުޑީސީގެ ރައީސާ ކަމަށް ޕީއެންސީން ވާދަކުރާ ކެންޑިޑޭޓެވެ. އޭނާ ވަނީ ދޮރުންދޮރަށް ހިންގައި ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައިފައެވެ. އެއީ ބައިވަރު ކަންކަމެވެ. އެއީ ތައުލީމާ ގުޅުންހުރި ކަންކަމެވެ. އެއީ އިގްތިސާދާއި ވިޔަފާރިއާ ގުޅުންހުރި ކަންކަމެވެ. އެއީ އުމްރާނީ ތަރައްގީއާ ގުޅުންހުރި ކަންކަމަށެވެ. މިހެންގޮސް އެތައް ކަމެއް ރައްޔިތުން ބޭނުންވެއެވެ. ރައްޔިތުން ބޭނުންވާ ކަންކަމުގެ ލިސްޓެއް މިހާރު އީން އަތުގައި އެބައޮތެވެ. ދެން އޮތީ އެކަންކަން ކުރުމެވެ. އެކަން ކުރެވޭނީ އެޕްރީލް 4 ގައި އޮންނަ އިންތިޚާބުގައި އީނާ ޑަބްލިޔުޑީސީއަށް ހޮވައިގެންނެވެ. ބޭނުންވަނީ ވަޒީފާ ކޮންމެ މީހަކުވެސް ބޭނުންވަނީ ރަށުގައި ހުރެގެން އާމްދަނީ ހޯދާށެވެ. އެކަމަށް ބޭނުންވަނީ ވަޒީފާއެވެ. "ޑޯޓުޑޯއިން ވަރަށްގިނަ މައުލޫމާތު އެއްކުރެވުނު. ރައްޔިތުން ބެނުންވާ އެތައް ކަމެއް އެނގުނު. އޭގެ ތެރެއިން އެންމެބޮޑަށް މީހުން ބޭނުންވަނީ ވަޒީފާ. ބޭނުންވަނީ ރަށުގައި ތިބެގެން އާމްދަނީ ހޯދައިގެން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރަން،" އީނާ ބުންޏެވެ. ރަށުން ވަޒީފާގެ ފުރަސަތު ލިބޭނެތަ؟ އީނާ ބުނި ގޮތުގައި ކޮންމެ ކަމަކީވެސް ކުރެވޭނޭ ކަމެކެވެ. އެކަމަށް ޖެހޭނީ މަސައްކަތް ކުރާށެވެ. އެކަމެއް ކުރެވޭނެގ ޮތަކީ ކޮބައިތޯ ބަލާށެވެ. އެހެންވީމާ ގޮތް ހޯދީމައި ފެންނާނޭކަމަށް އޭނާ ޔަގީން ކުރެއެވެ. "މިސަރުކާރުން އައްޑޫގައި އެދަނީ މަޝްރޫއުތައް ފަށަމުން ނުވަތަ ފަށަން ތައްޔާރުވަމުން. ފަށާ ކޮންމެ މަޝްރޫއު އަކުން ވަޒީފާ އުފެދޭނެ. އުފެދޭ އެއްވެސް ވަޒީފާއެއް ރަށުން ބޭރަށް ނުދާނޭ. ވަޒީފާއަށް ނަގާނީ މުޅިންވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ އައްޑޫ މީހުން. އެގޮތަށް އަމަލު ކުރީމައި ރަށުން ވަޒީފާ ނުލިބެންވީ އެއްވެސް ސަބަބެއްނެތް،" އޭނާ ބުންޏެވެ. އީނާ ބުނި ގޮތުގައި މިސަރުކާރަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ވަރަށްފަރިތަ ސަރުކާރެއް ކަމަށެވެ. ރައްޔިތުންގެ ކުރިމަގަށް އިންތިހާއަށް ވިސްނާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާކަންކަން ސަރުކާރުން ކޮށްދޭނޭ ކަމަށް އީނާ ޔަގީން ކުރެއެވެ. އާދައިގެ އަންހެނެއްނޫން ކަމެއް ކާމިޔާބު ކުރުމަށް އެންމެ ބޭނުމީ މީހުންނާ ރަނގަޅަށް މުވާސަލާތު ކުރާނޭ އުކުޅެވެ. ގުޅޭ މިޒާޖެވެ. ހިތްހެޔޮކަމެވެ. ރައްޔިތުންގެ ވާހަކަތައް އަޑުއަހާނޭ ކެތްތެރި ކަމެވެ. މީހުންނާ ގުޅިގެން ކަންކަންކުރާނޭ ލީޑަރެޝިޕް ކޮލިޓީއެވެ. މި ސިފަތައް އިނާގެ އެބަހުއްޓެވެ. "އީނާއާއެކު ވަރަށް ދުވަހު މަސައްކަތް ކުރެވިއްޖެ. ފެނިގެންދިޔައީ އެކުވެރިކަން. އޯގާތެރިކަން. ކެތްތެރިކަމާއި މަޑުމައިތިރިކަން. ދުވަހަކުވެސް ނުވާނޭއޭ ބުނެފައެއްނެތް. ވާނެއޭ ބުނާނީ. ކަންކަން ކުރެވޭނީ ގޮތް ހޯދައިގެން ކަމަށް ބުނާނެ. އީނާއަކީ މަސައްކަތް ކުރުމުގެ ޝައުގުވެރިކަމާއެކު މަސައްކަތްކުރާ ހީވާގި ޒުވާނެއް. ދުވަހަކުވެސް އަޒުމަކަށް ބަދަލެއްނާދޭ. އެކުރަން ދިމާކުރާ ކަމެއް ކޮށްފައިނޫނީ ހުއްޓައެއްނުލާނެ،" އީނާއާ އެކު މަސައްކަތް ކުރި މީހަކު ބުނެފައިވެއެވެ. އިސްކަންދިނުން ޑަބްލިޔުޑީސީގެ ރައީސާކަމަށް އީނާ އިންތިޚާބު ކޮށްފި ކަމަށްވާނަމަ އޭނާ އެންމެ އިސްކަންދޭނީ ހޭލުންތެރި މުޖުތަމައެއް ބިނާ ކުރުމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައިތަރައްގީގެ ފެށުމަކީ ހޭލުންތެރި ކަމެވެ. ކަންކަމާމެދު ވިސްނަން އެނގުމެވެ. ތަރައްގީއަކީ ކޮބައިކަމާއި އެކަންކުރާނޭ ގޮތް ދެނެގަތުމެވެ. ކަންކަން ދެނެގަންނާނީ މަޝްވަރާއިންނެވެ. އީނާ ގަބޫލުކުރާ ގޮތުގައި ހައްގުތަކަކީ ދެ ޖިންސަށްވެސް ހަމަހަމަ އެއްޗެކެވެ. އެހެންކަމުން އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންގެ ހައްގުތަކަށް ވެސް އިސްކަންދީ އެކަމަށް ވަކާލާތު ކުރާނެއެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްމީހުންނާއި ޖުމްލަކޮށް އެންމެހާ ފަރާތްތަކެއްގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އޭނާ މަސައްކަތް ކުރާނެއެވެ. ބޭނުނަކީ އެކުވެރި އަމާން ނުޖުތަމައެއް ބިނާކުރުމެވެ. ޚިޔާލު ތަފާތުވުންތަކާއި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ރޫޅިގެންނުދާނޭފަދަ މުޖުތަމައެއް ބިނާކުރެއްވިއްޖެނަމަ އެއޮތީ ތަރައްގީގެ މައިދޮރާށިތައް ދިމާއަށް ހުޅުވިފައި ކަމަށް އޭނާދެކެއެވެ. ގާނޫނީ ޒިންމާ އަދާކުރުމަކުން ނުފުދޭ ޑަބްލިޔު ޑީސީއަށް ގާނޫނީގޮތުން މަތިކޮށްފައި ކަންކަން އެކަނިކޮށްލުމަކުން ނުފުދޭނޭ ކަމަށް އީނާ ބުންނެވެ. އޭގެ އިތުރުން ކުރަންޖެހޭ އެތައް ކަމެއް ހުންނާނެއެވެ. އެކަންކަން ދެނެގަންނާނޭ ކަމަށާއި ދެނެގަތުމަށްފަހު މަޝްވަރާގެ މަތީން އެކަންކަން ހާސިލް ކުރުމުގެ މަސައްކަތް ކުރާނޭ ކަމަށް އީން ބުންޏެވެ. އަންހެނުންނަށް ބޭނުންވާ ކަންކަން ދެނެގަނެ ކަށަވަރު ކުރުމަކީ ޑަބްލިޔުޑީސީގެ ޒިންމާއެއް ކަމަށް ބަލައިގަންނާނޭ ކަމަށް ވެސް އޭނާ ބުންނެވެ. ބަލައި ހޯދައިގަންނަ ކަންކަމަށް ހައްލު ހޯދާނޭގޮތް ވެސް މަޝްވަރާގެ މަތިން ނިންމާނޭ ކަމަށް އޭނާ ބުންޏެވެ. "އައްޑޫގެ ނަމާއެއްވަރަށް ކަންކުރުމަށް ވަރަށް ބޮޑު އިސްކަމެއް އިރާދަ ކުރެއްވިއްޔާ ދޭނަން،" އީނާ ބުންޏެވެ. އެންމެބޮޑު އިސްކަން ދޭނޭކަންކަމުގެ ތެރޭގައި އަހެނުންނަށް ކަންކަމުގައި އިސްވެ ބަސްބުނުމުގެ ފުރުސަތު  ކަށަވަރު ކޮށްދޭނޭ ކަމަށް އޭނާ ބުންޏެވެ. އީންގެ ދައުރުގައި އަންހެނުން ބާކިވެފައި ތިބޭކަމަށް ނުޖެހޭނެއެވެ. ކުރާނޭ ކަމެއް ނެތިފައި ތިބޭކަށް ނުޖެހޭނެއެވެ. އަންހެނުންނާ ގުޅުންހުރި އެކިދާއިރާތަކުން އަންހެނުންނަށް ފުރުސަތު ފަހިކޮށްދީ އެކަންކަމުގައި އަންހެނުން ބިޒީކޮށްލުމަކީ އުފެއްދުންތެރި ކަމަށް އެޅިގެންދާނޭ ފިޔަވަޅެކެވެ. އީނާ ހުރީ އެ މަސައްކަތް ކުރަން ތައްޔާރަށެވެ. "މަސައްކަތްކުރާނީ މަސްއޫލިއްޔަތުތައް ވަރަށް ރަނގަޅަށް އެނގިހުރެ. ސިއްހީގޮތުންނާއި އިޖުތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި، ވިޔަފާރީގެ ގޮތުންނާއި، ތައުލީމީ ގޮތުން، އަންހެނުން ބާރުވެރި ކުރުވުމަށް މަސައްކަތް ކުރާނަން އިރާދެ ކުރެއްވިއްޔާ. މިކަންކަން ކުރާނީ ޑަބްލިޔުޑީސީގެ މެންބަރުންނާ މަޝްވަރާކޮށްގެން މުޖުތައުގެ ބަސްވެސް ހޯދައިގެން،" އީނާ ބުންޏެވެ. މި ކިޔައިދިނީ މަދުމިންވަރެކެވެ. އީނާ އޭނާގެ ބަސް އިއްވައިފިއެވެ. ދެންއޮތީ ރައްޔިތުންގެ ނިންމުމެވެ. އެނިންމުން ނިންމާނީ އެޕްރީލް 4 ވަނަ ދުވަހު އޮންނަ އިންތިޚާބުގައެވެ. ރައްޔިތުން އީނާއަށް ފުރުސަތު ދޭށެވެ. އެފުރުސަތުގެ ބޭނުން އީނާ ހިފާނީ ރައްޔިތުން އުފާކުރުވާށެވެ. އީނާއަށް ދިން ވޯޓަކީ ބޭކާރު އެއްޗެއް ނޫންކަން ރައްޔިތުންނަށް އިހުސާސްކޮށްދޭން އޭނާހުރީ ކެތްމަދުވެފައެވެ. އީނާގެ ކެންޑިޑޭޓު ނަމްބަރަކީ 2 އެވެ. ހެނދުނުހެނދުނާ ގޮސް ފާހަގަ ޖަހަލާށެވެ. އައްޑުއަށް އޮތީ ފާހަގަތިކަމެވެ.

ގުޅުންހުރި ޚަބަރު