ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓުނުދީ: ރައީސް ޔާމީން
ޚަބަރު

ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓުނުދީ: ރައީސް ޔާމީން

ޟޟަމްރަތު އަހްމަދު27 މާރިޗު 2026
ކުރިއަށްއޮތް ލޯކަލްކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ. ޕީއެންއެފުން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި "ޗާގޯސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޕީއެންސީއަށް ވެރިކަންވެސް ދެވިއްޖެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސްވެސް ދެވިއްޖެ ކަމަށެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި އެޕާޓީން ވަނީ ރާއްޖެ ނާޒުކު ހާލަތަކަށް ވައްޓާލާފައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށްއޮތް ލޯކަލްކައުންސިލް އިތިޚާބުގައި އެއްވެސް ރައްޔިތަކު ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދީ މިނިވަން ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގެންނެވިއެވެ. އެމަނިކުފާނު ވިދާޅުވީ ޕީއެންސީ ކެންޑިޑޭޓުން ފިޔަވައި ދެންތިބި އެންމެހާ ކެންޑިޑޭޓުންނަށް އެމަނިކުފާނުގެ ދާއިދު އޮންނާނޭ ކަމަށެވެ. ފެންނަ ނުފެންނަ ވޯޓާބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ އެއީވެސް އޮޅުވާލުމެއް ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ވެސް ނެތްކަމެއް ކަމަށް އެމަނިކިފާނު ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު